ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމު

އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

1

މަޤާމުގެ ކުލެސިފިކޭޝަން: އެސިސްޓެންޓް އޮފިސަރ ގްރޭޑް 2

ރޭންކް: ޖީ.އެސް 2

މުސާރަ

މަހަކު -/4,000 ރުފިޔާ.

ސާރވިސް އެލަވަންސް

މަހަކު -/1,500 ރުފިޔާ.

އިނާޔާތްތައް

ކުންފުނީގެ ގަވާއިދުގައި ހަމަޖެހިފައިވާ އުސޫލުން އެލަވަންސްތަކާއި ޢިނާޔަތްތައް ދެވޭނެއެވެ.

ސެކްޝަން، ޔުނިޓް

އެޑްމިން. އެންޑް އެޗް.އާރް މެނޭޖްމެންޓް ސެކްޝަން

މަޤާމުގެ މަސްއޫލިއްޔަތު

އެޑްމިނިސްޓްރޭޓިވް އެންޑް ހިއުމަންރިސޯސް ސެކްޝަނުގެ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠު

  • ދަށްވެގެން ޖީ.ސީ.އީ އޯލެވެލް ފެންވަރަށް ތަޢުލީމު ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ޘާބިތުކޮށްދިނުން. ނުވަތަ،
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ޘާބިތުކޮށްދިނުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ލިބިފައިވާ ތަޢުލީމާއި، ތަމްރީނަށް އަދި މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
  • ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ 30 އިންސައްތަ އަށްވުރެމަތިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • އޮފީހުން އެކިފަރާތްތަކާ ޙަވާލުކުރަންޖެހޭ ލިޔެކިޔުންތަކާއި ތަކެތި، ގަވާއިދުން ހަވާލުކުރުން.
  • ޖެނެރަލް ސްޓޯރުން މުދާނެގުމަށްޓަކައި ހަދަންޖެހޭ "މުދާ ލިބިގަތުމަށް އެދޭ ފޯމު" ހެދުން.
  • ސަލާމުގައި ހުރިކަން އަންގައިދޭ ފޯމުތަކާއި ޢާއިލީ ޒިންމާގެ ޗުއްޓީގައި ހުރިކަން އަންގައިދޭ ފޯމު ފުރަން ބޭނުންވާ މުވައްޒަފުންގެ ފޯމުތައް ފުރައިދިނުން.
  • މުވައްޒަފުންގެ އެކިއެކި ބޭނުންތަކުގައި އޮފީހުން ހޯދަންޖެހޭ ވަޒީފާއާބެހޭ ލިޔުންތައް ގަވާއިދުން ހަދައިދިނުން.
  • ސިޓީ، މެސެޖް، ރިޕޯޓު ފަދަތަކެތި ލިޔުން.
  • އޮފީހުގެ ލިޔެކިޔުމާބެހޭ ތަކެތީގެ ސްޓޮކް ގަވާއިދުން ބެލެހެއްޓުން.
  • މި ބަޔާންކުރި މަސައްކަތްތަކުގެ އިތުރުން، އިސްލާމްދީނާއި ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފުނުވާނޭހެން، މަސައްކަތުގެ މާހައުލުގައި އޮފީހުން އަންގާ މަސައްކަތްތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  • ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ކައްދޫ އެއަރޕޯޓް އޮފީހުން ލިބެން ހުންނާނެއެވެ.)
  • ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރުގެ އެހެން ދާއިރާއަކަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތްމުވައްޒަފަކުނަމަ، ކުރިމަތިލާ މަޤާމަށް ހޮވުމުން، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށްޓަކައި، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގައި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއަކާއި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ)

ސުންގަޑި

20 ޖުލައި 2015 ވާ ބުދަ ދުވަހުގެ 12:00

އިންޓަރވިއު ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތާއި އޮންނާނެ ތަން

މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއްމަސްދުވަސްތެރޭގައި އިންޓަރވިއު ބޭއްވޭނެއެވެ. އިންޓަރވިއު އޮންނާނީ ކައްދޫ އެއަރޕޯޓް އޮފީހުގައެވެ.

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނެ ނަންބަރަކީ 6800704 އެވެ. ވަޒީފާއަށްއެދޭ ފޯމު ހުށަހަޅުއްވަންވާނީ ކައްދޫ އެއަރޕޯޓް އޮފީސް، ލ.ކައްދު އަށެވެ.

ނޯޓް: މިވަޒީފާތަކަށް ހުށަހަޅާ ފަރާތްތަކުގެ ޢަދަދު 15 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަޖުރިބާއަށް ބަލައި ޝޯޓް ލިސްޓް ކުރެވޭނެއެވެ. އިންޓަރވިއު ކުރާނީ ޝޯޓްލިސްޓްކުރެވޭ 15 ފަރާތާއެވެ.

09 ޖުލައި 2015
ހޯދާ