ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
ދިވެހިބަހުގެ އެކެޑެމީގެ ކޮންސަލްޓެންޓް

އިޢުލާނު

ދިވެހިބަހުގެ އެކެޑަމީއަށް، ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރާނެ ފަރާތެއް ބޭނުންވެއެވެ. އެހެންކަމުން މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ހުށަހެޅުން އެދެމެވެ.

ބާވަތް:

ދިވެހިބަހުގެ އެކެޑެމީގެ ކޮންސަލްޓެންޓް

ބޭނުންވާ އަދަދު:

1

އުޖޫރަ:

މަހަކު -/10،000 (ދިހަހާސް) ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ ތަން/ ރަށް

ދިވެހިބަހުގެ އެކެޑަމީ/ މާލެ

މަސައްކަތު ގަޑި:

ރަސްމީ މަސައްކަތު ގަޑިތަކުގެ ތެރެއިން އެއްބަސްވެވޭ 5 ގަޑިއިރު

މަސައްކަތު މުއްދަތު:

5 އަހަރު. 

މަޤާމުގެ ޝަރުޠު:

  • ދިވެހިބަހުން ޑިގްރީއެއް އޮތުމާއެކު ދިވެހިބަސް ދިރާސާ ކުރުމާއި، ކިޔަވައި ދިނުމުގައި މަދުވެގެން 5 އަހަރު ތަޖުރިބާ ލިބިފައިވުން. ނުވަތަ ދިވެހިބަސް ދިރާސާ ކުރުމާއި، ކިޔަވައި ދިނުމާއި ބަހުގެ ހަމަތަކުގެ މަޢުލޫމާތު ފެތުރުމުގެ މަސައްކަތުގައި 15 އަހަރުގެ ތަޖުރިބާ ލިބިފައިވުން. 
  • ބޭރުގެ ރިސާޗަރުންނާއެކު މަސައްކަތްކޮށްފައިވާ ފަރާތެއް ކަމުގައިވުން.
  • ދިވެހިބަހާއި ދިވެހި އަދަބިއްޔާތާބެހޭ މަޢުލޫމާތު އެކިއެކި ފޯރަމްތަކުގައި ފަރިތަކަމާއެކު ހާމަކޮށްދެވޭ ފަރާތެއްކަމުގައިވުން.
  • ދިވެހިބަހާއި ބަހުގެ ގަވާއިދާއި ހަމަތަކާއި އަދަބިއްޔާތުގެ ދާއިރާއިން ފޮތް ލިޔެ ޝާއިޢުކޮށްފައިވާ ފަރާތެއް ކަމުގައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ރާއްޖޭގައި ރަސްމީކޮށް ނުކުންނަ ދުވަހު ނޫސްތަކާއި މަޖައްލާތައް ބަލައި އެއިން ފާހަގަ ކުރެވޭ ދިވެހިބަހުގެ އުސޫލާ ހަމަތަކާ ޚިލާފަށް ހުންނަ ކަންކަން ފާހަގަ ކުރުމާއި އެކަންކަމުގެ ރަނގަޅު ގޮތުގެ ލަފާ އެކަޑަމީއަށް ދިނުން.
  • ދިވެހިބަހާ ބެހޭ ގޮތުން އާންމުންކުރާ ސުވާލުތަކަށް ދޭންޖެހޭ ޖަވާބު ދިނުމުގެ ލަފާ އެކަޑަމީއަށް ދިނުން. އަދި އެކެޑެމީން އެދިއްޖެ ހިނދެއްގައި އެ މަޢުލޫމާތު ޢާންމުންނަށް ފޯރުކޮށް ދިނުން.
  • އެކެޑަމީން ނެރޭ ދިވެހިބަހުގެ ފޮތްތަކާއި މަޖައްލާތަކާއި، އެކިއެކި ލިޔުންތަކުގެ ދިވެހިބަހުގެ ޞައްޙަކަން ބެލުން.
  • ދިވެހިބަހާ ބެހޭ ގޮތުން އެކެޑަމީން ކަނޑައަޅާ ގަވާއިދުތަކާއި އުސޫލުތަކަށް، ބަހާބެހޭ ލަފާދިނުން.
  • ރޭޑިއޯ، ޓީވީން ދިވެހިބަހުން ފޮނުވާ މުޢާމަލާތުތަކުގައި ބަހުގެ ހަމަތަކާއި އުސޫލާ ޚިލާފަށް ހުންނަ ކަންކަން ފާހަގަކޮށް އެ ފަރާތްތަކަށް ދޭންޖެހޭ އިރުޝާދު ދިނުމުގައި އެކެޑަމީ އަށް އެހީތެރިވުން.
  • ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ހޮވާލެވޭ ސުރުޚީތަކެއްގެ ތެރެއިން 2 ފޮތް ތައްޔާރުކުރުން.
  • އެކެޑެމީން ބޭނުންވެއްޖެ ހިނދެއްގައި ބަހާބެހޭ މަޢުލޫމާތު މީޑިއާގައި ހާމަކުރުން.
  • ދިވެހިބަހުގެ ހަމަތަކާއި ބަސް ބޭނުންކުރާ އުސޫލުތައް ހިމެނޭ ލުއިފޮތްތައް އެކަށައަޅައި ތައްޔާރުކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (މޯލްޑިސްވް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހައިފައިވާ ލިޔުމުގެ ކޮޕީ، އަސްލާ އެއްގޮތްކަމުގެ ލިޔުމެއްކަން އަންގައިދޭ ތައްގަނޑު ޖަހައިފައި).
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމުގެ ލިޔުމެއްކަން އަންގައިދޭ ތައްގަނޑު ޖަހައިފައި).
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަމްބަރާއި އީމެއިލް އެޑްރެހާއެކު)

ސިޓީ ފޮނުވަންވީ ސުންގަޑި:

2015 ޖުލައި 22 ވާ ބުދަ ދުވަހުގެ މެންދުރުފަހުގެ 2:30   

ސިޓީ ފޮނުވަންވީ ތަން:

ދިވެހިބަހުގެ އެކެޑަމީ، ހ. ސޯސަންގެ، މާލެ

އިތުރު މަޢުލޫމާތު:

  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345299 ނުވަތަ 3345297 ނަންބަރު ފޯނާ އެވެ.
  • މި މަޤާމަށް އެދި ކުރިމަތިލާ މީހުންގެ ތެރެއިން މީހަކު ހޮވުމަށް ބާއްވާ ބަސްދީގަތުން އޮންނާނީ، މި އިޢުލާންގެ މުއްދަތު ހަމަވާތާ ހަފުތާއެއްގެ ފަހުންނެވެ. ބަސްދީގަތުން އޮންނާނީ ދިވެހިބަހުގެ އެކެޑަމީ ގައެވެ.
09 ޖުލައި 2015
ހޯދާ