މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ކުރެހުމާއި ފޮޓޯ ނެގުމުގެ މުބާރާތުގެ ސުންގަޑި ފަސްކުރުން

ސަރކިއުލަރ

ނަންބަރު:  220-EA/CIR/2015/10                         

ތާރީޚު:   8 ޖުލައި 2015

ލިބެންވީ:  ދިވެހިރާއްޖޭގެ ހުރިހާ ސްކޫލްތައް

މައުޟޫއު:  ކުރެހުމާއި ފޮޓޯ ނެގުމުގެ މުބާރާތުގެ ސުންގަޑި ފަސްކުރުން

މި އޮތޯރިޓީގެ ނަންބަރު 220-EA/CIR/2015/07 (1 ޖޫން 2015) ގެ ސަރކިއުލަރ އަށް ހަވާލާދީ ދަންނަވަމެވެ.

މި އޮތޯރިޓީގެ 5 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ 'ޓެކްސް ވީކް' ގެ އެއް ހަރަކާތުގެ ގޮތުން ހުޅުވާލައިފައިވާ ކުރެހުމުގެ އަދި ފޮޓޯނެގުމުގެ މުބާރާތުގެ ސުންގަޑި 2 އޮގަސްޓު 2015 އަށް ފަސްކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

ސުންގަޑި ފަސްކުރަންޖެހުނު ސަބަބަކީ ރާއްޖޭގައި ފެތުރެމުންދާ ޑެންގީ ހުމާ ގުޅިގެން ސްކޫލްތައް ބަންދުކޮށްފައިވުމާއެކު، ސްކޫލް ހުޅުވުމުން އިތުރު ކުދިންނަށް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ.

މީރާއިން ހުޅުވާލައިފައިވާ މި މުބާރާތާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯއްދެވުމަށް މި އޮތޯރިޓީގެ ނަންބަރު 3019604 އަށް ގުޅުއްވުމަށް ނުވަތަ [email protected] އަށް އީމެއިލްކުރެއްވުމަށް އެދެމެވެ.

 

08 ޖުލައި 2015
ހޯދާ