ޖަމާލުއްދީން ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މި އިޢުލާންވަނީ 13 ޖުލައި 2015 13:02 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ސްކޫލުގެ، ތިރީގައިމިވާ މަޤާމަށް މުވައްޒަފުން ބޭނުންވެއެވެ.

މަޤާމް

އެޑްމިނިސްޓްރޭޓިވް އޮފިސަރ   

މަޤާމުގެ ދާއިރާ

އެކައުންޓް / ފައިނޭންސް / ބިޒިނަސް ދާއިރާއިން ސެޓްފިކެޓް ހާސިލުކޮށްފައިވުން.

ބޭނުންވާ އަދަދު

1 (އެކެއް)

މަސައްކަތް ކުރަންޖެހޭ އޮފީސް

ޖަމާލުއްދީން ސްކޫލް

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު

- ލިބޭ ބިލްތައް އެންޓަރކުރުން.

- ބިލްތަކުގެ ވައުޗަރ ހެދުމާއި ފައިލްކުރުން.

- ޕޭމަންޓް ވައުޗަރތައް އެސްއޭޕީއަށް އެންޓަރކުރުން.

- ގަވަރމެންޓް އީ-ލެޓަރ މެނޭޖްމަންޓުގެ ކަންތައް ކުރުން.

- އެގްރީމެންޓްތައް ތައްޔާރުކުރުމާއި ބެލެހެއްޓުން.  

- ރަސްމީ އެކިފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ، ފަދަ ލިޔުންތަކާއި ލިބޭ ސިޓީ، ފަދަ ލިޔުންތައް ލިޔެ ތައްޔާރުކޮށް ފޮނުވައި ބެލެހެއްޓުން.

- އޮފީހުގައި ހުންނަ ލިޔެ ކިއުމާއި އެހެނިހެން ތަކެއްޗަށް އަމާނާތްތެރިވުން.

- ސްކޫލުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

މުސާރަ: -/4465 ރުފިޔާ

ސަރވިސް އެލަވަންސް: -/1500 ރުފިޔާ

ރޭންކް: ޖީ. އެސް. 3 (ޖެނެރަލް ސަރވިސް 3)

ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

އިތުރު ޢިނާޔަތްތައް: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމުގެ ޝަރުޠު

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.   

ހުށަހަޅަންޖެހޭ ތަކެތި:

  • ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ. އަދި މިސްކޫލުގެ އޮފީހުން ވެސް ލިބެން ހުންނާނެއެވެ.)
  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު.)
  • )ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަޑުޖަހާފައިވާ އަސްލު)
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ގުޅޭނެ ފޯނު ނަންބަރާއެކު (ސީވީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާ އަދާކުރާނަމަ ވަޒީފާގައި އުޅޭ ނުވަތަ އުޅުނުކަމުގެ ލިޔުމާއި، އުޅޭ ވަޒީފާއިން ދޫކުރުމަށް އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

އިންޓަރވިއުކުރުން

- މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއުކުރުން އޮންނާނީ، 23 ޖުލައި 2015 ގެ ފަހުގެ  ތާރީޚެއްގައެވެ.

- މި ވަޒީފާއަށް އެދިފައިވާ ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒިފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި، ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލެމަށްފަހު، ހިއުމަން ރިސޯސްމެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިޔާއެއްގެ ދަށުން، ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއުކުރެވޭނީ، ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭފަރާތްތަކާއެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ކޮމްޕިޔުޓަރަށް އަހުލުވެރިވެފައިވާ މިންވަރު.

- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

މި ވަޒީފާއަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މި ސްކޫލުގެ އޮފީހަށެވެ. ފޯމާއި އެހެނިހެން ލިޔުންތައް ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 ޖުލައި 22 ވާ ބުދަ ދުވަހުގެ ދުވަހުގެ މެންދުރުފަހު 14.00 އެވެ.

ނޯޓް:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލްކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ސްކޫލުގެ  3324415 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

26 ރަމަޟާން 1436

13 ޖުލައި 2015
ހޯދާ