މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ސީނިއަރ އެކައުންޓްސް އޮފިސަރ (އެމް.އެސް 2)

މަޤާމު:

ސީނިއަރ އެކައުންޓްސް އޮފިސަރ (އެމް.އެސް 2)  

ބޭނުންވާ ޢަދަދު:

1

މުސާރަ:

-/6295 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2,000 ރުފިޔާ

ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 2

އޮފީސް/ ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ، ކ.މާލެ

ސެކްޝަން:

ރިސޯސް މޮބިލައިޒޭޝަން އެންޑް ޑެޓް މެނޭޖްމަންޓް ޑިވިޜަން/ ޑެޓް ރިކޯޑިން އެންޑް ރިޕޯޓިން ސެކްޝަން    

މަޤާމުގެ ޝަރުޠު:

  • ފައިނޭންސް، އެކައުންޓްސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ސްޓެޓިސްޓިކްސް، ބިޒްނަސް މެނޭޖްމަންޓް ނުވަތަ އިކޮނޮމިކްސް، ގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • ފައިނޭންސް، އެކައުންޓްސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ސްޓެޓިސްޓިކްސް، ބިޒްނަސް މެނޭޖްމަންޓް ނުވަތަ އިކޮނޮމިކްސް، ގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

އިތުރު ތަފުސީލު

ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް އިން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައް (އެކްރެޑިޓްކޮށްފައި ނުވި ނަމަވެސް) ސިވިލް ސަރވިސްގެ އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބެލެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • އަލަށް ސޮއިކުރެވޭ ޑޮމެސްޓިކް އަދި އެކްސްޓަރނަލް ލޯނުތައް ދަރަނި ބަލަހައްޓާ ސޮފްޓްވެއަރ (ސީ.އެސް.ޑީ.އާރ.އެމް.އެސް) އަށް އެޅުމަށްޓަކައި ތައްޔާރުކުރެވޭ ފޯމުތަކުގައިވާ މަޢުލޫމާތު ލޯން އެގްރީމަންޓާ އެއްގޮތަށް ހުރިތޯ ބަލާ ސިސްޓަމަށް އެޅުމުން ޗެކްކުރުން 
  • ސީ.އެސް.ޑީ.އާރ.އެމް.އެސް ޕީރިއަޑް-އެންޑް ޕްރޮސެސް ކުރުމާ، ޑޭޓާބޭސްގެ ބެކަޕް ނަގާ އޮފްސައިޓް ލޮކޭޝަނެއްގައި ރައްކާކުރުން
  • ދަޢުލަތުގެ ދަރަނީގެ ތަފާސްހިސާބު ހިމެނޭ ރިޕޯޓުތައް ނިންމުމާއި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  • ދައުލަތުގެ ދަރަނި އަދާކުރުމަށް ކޮށްފައިވާ ޚަރަދު ސީ.އެސް.ޑީ.އާރ.އެމް.އެސް ގައިވާ އަދަދާއި އެސް.އޭ.ޕީގައިވާ އަދަދު ރިކޮންސައިލް ކުރުން
  • ދައުލަތުގެ ދަރަނި އަދާކުރުމަށް ބޭނުންވާ ފައިސާގެ ތަފުސީލު ހިމެނޭ 1 މަސްދުވަހުގެ ކޭޝް ފްލޯ ފޯކާސްޓެއް ކޮންމެ ހަފުތާއެއްގެ އަންގާރަ ދުވަހުގެ ކުރިން ނިންމައި ޓްރެޜަރީ އެން ޕްބްލިކް އެކައުންޓްސް އަށް ފޮނުވުން
  • މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ މެދުވެރިކޮށް ދަޢުލަތުން ވިއްކާ ސެކިއުރިޓީސް ތައް (ޓްރެޜަޜީ ބިލްސް، ޓްރެޜަރީ ބޮންޑްސް ފަދަ) ޗެކްކޮށް، އެމް.އެމް.އޭ އައޮޓްސްޓޭންޑިންގ ބެލެންސާއި ސީ.އެސް.ޑީ.އަރ.އެމް.އެސް ގެ ބެލެންސް ދިމާވޭތޯ ބަލާ ޗެކްކުރުން.
  • ދައުލަތުގެ ބޭރުގެ ދަރަނީގެ ހިސާބުތައް ކޮންމެ މަހެއްގެ 15ގެ ކުރިން މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކުރުން.
  • ދަޢުލަތުގެ މާލީ ހިސާބުތައް ނިންމުމަށް ބޭނުންވާ ދައުލަތުގެ ދަރަންޏާ ހިލޭއެހީގެ ހިސާބުތައް ހިމެނޭ ރިޕޯޓްތައް ނިންމުމާއި ޓްރެޜަރީ އެންޑް ޕަބްލިކް އެކައުންޓްސް ޑިވިޜަނަށް ފޮނުވުން
  • އަހަރީ ރިޕޯޓާއި، ދައުލަތުގެ އަދި ޑިވިޜަން ބަޖެޓަށް ބޭނުންވާ މަޢުލޫމާތު ތައްޔާރުކުރުން

އުޖޫރަ އާއި އިނާޔަތްތައް:

  • އިތުރުގަޑީގައި މަސައްކަތްކޮށްފި ނަމަ އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.
  • ފިނޭންސް އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 ދެވޭނެއެވެ.
  • އާސަންދަ (ހެލްތް އިންޝުއަރެންސް)

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައިވުން.  
  • މަސައްކަތަށް ޝައުޤުވެރިކަން ހުރި މިންވަރު
  • ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު
  • ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިންސައްތަ: %49)
  • މަސައްކަތުގެ ތަކުރިބާ (ކަނޑައެޅިފައިވާ އިންސައްތަ: %8)
  • އިންޓަރވިއު (ކަނޑައެޅިފައިވާ އިންސައްތަ %43)

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ފުރިހަމަކުރެއްވިފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު (މި ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓް) އަދި ޓްރާންސްކްރިޕްޓް. ސެޓްފިކެޓް ލިބިފައިނުވާނަމަ މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ދޫކުރާ ލިޔުން، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު   
  • ވަނަވަރު/ އައި.ޑީ ކާޑުގެ ކޮޕީ/ ސްކޫލް ލީވިންގ ސެޓްފިކެޓް
  • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އަދި ކުރަމުންގެންދާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (މި ލިޔުމުގައި މުވައްޒަފު އަދާކޮށްފައިވާ މަޤާމުތަކުގައި ހޭދަވި މުއްދަތު އަދި ކޮށްފައިވާ މަސައްކަތް އެނގޭގޮތަށް ހުށަހެޅުން). 

ސުންގަޑި:

21 ޖުލައި 2015 (އަންގާރަ) ދުވަހުގެ 14:30 ގެ ނިޔަލަށް.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349339/3349335 ނަންބަރު ފޯނާއެވެ. މި މަޤާމަށް އިންޓަވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ 10 ފަރާތަކާއެވެ. އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ފޯނުންގުޅައި އެކަން އެންގޭނެއެވެ. އަދި އިޢުލާންގެ މުއްދަތު ހަމަވާތާ 3 ހަފްތާގެ ތެރޭގައި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް އާއި އިމްތިޙާން ކުރުން މިމިނިސްޓްރީގައި ބޭއްވޭނެއެވެ.

20 ރަމަޟާން 1436

07 ޖުލައި 2015
ހޯދާ