ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އިމާރާތެއް ކުއްޔަށް ދޭނެ ފަރާތެއް ހޯދުމަށް

ޢިއުލާން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޖީ-ބްލޮކް ގައި ފޯރުކޮށްދެމުންދާ ބައެއް ޚިދުމަތްތައް ދިނުމަށްޓަކައި 18000 އަކަފޫޓުގެ ޖާގަ (ފްލޯ ސްޕޭސް) ހުރި އިމާރާތެއް ކުއްޔަށް ދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނަށް (އިޢުލާން ނަންބަރު: MNU-CASE/2015/353 ) އެއްވެސް ފަރާތަކުން އިޖާބަ ދީފައިނުވާޓީ އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް އެދިލައްވާ ފަރާތްތަކުން 12 ޖުލައި 2015 ވާ އާދީއްތަ ދުވަހުގެ 11:00 އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް ހާޒިރުވެ މައުލޫމާތު ސާފުކުރުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ކަރުދާސް ކަނޑައެޅިފައިވާ ގަޑީގެ އިތުރުން އަންދާސީހިސާބު ބަލައި ގަންނަދުވަހުގެ ކުރީދުވަހުގެ 13:00 ވަންދެން ދޫކުރެވޭނެއެވެ. ނަމަވެސް އަންދާސީހިސާބު ބަލައިގަންނާނީ އިޢުލާނުގައި ކަނޑައެޅިފައިވާ ގަޑީގައި އެކަންޏެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 14 ޖުލައި 2015 ވާ އަންގަރަ ދުވަހުގެ 11:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒު ގައެވެ.

20 ރަމަޟާން 1436 

07 ޖުލައި 2015
ހޯދާ