މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
އދ.ގައިޑްލައިންތައް އިނގިރޭސިއާއި ދިވެހި ބަހުން އެއްފޮތެއްގެ ސިފައިގައި ލޭއައުޓްހަދައި، މި ފޮތުގެ 600 ކޮޕީ ޕްރިންޓްކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

މި މިނިސްޓްރީގެ ދަށުން ހިގަމުންދާ  ޖުވަނައިލް ޖަސްޓިސް ޔުނިޓަށް ބޭނުންވާ އދ.ގައިޑްލައިންތައް އިނގިރޭސިއާއި ދިވެހި ބަހުން އެއްފޮތެއްގެ ސިފައިގައި ލޭއައުޓް ހަދައި، މި ފޮތުގެ 600 ކޮޕީ ޕްރިންޓްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 13 ޖުލައި 2015 ވާ ހޯމަ  ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 16 ޖުލައި 2015 ވާ ބުރާސްފަތި  ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.

‏20 ރަމަޟާން  1436

07 ޖުލައި 2015
ހޯދާ