ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޑްރައިވަރ

މަޤާމު

ޑްރައިވަރ

ބޭނުންވާ އަދަދު

03

މާޤާމުގެ ކުލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2

ރޭންކް: އެސް.އެސް 2

މުސާރަ

މަހަކު -/3,470 ރުފިޔާ

ސާރވިސް އެލަވަންސް

މަހަކު -/1,000 ރުފިޔާ

އިނާޔާތްތައް

ކުންފުނީގެ ގަވާއިދުގައި ހަމަޖެހިފައިވާ އުސޫލުން އެލަވަންސްތަކާއި އިނާޔަތްތައް ދެވޭނެއެވެ.

ސެކްޝަން/ޔުނިޓް/ތަން

ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް/ ކައްދޫ އެއަރޕޯޓް އޮފީސް/ ލ.ކައްދު.

މަޤާމްގެ މަސްއޫލިއްޔަތު

އެއަރޕޯޓްގައި ހުންނަ ވެހިކަލްތައް އެއަރޕޯޓްގެ ބޭނުންތަކަށް ދުއްވުން.

މަޤާމުގެ ޝަރުޠު

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
  • ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ އިންސައްތަ 30 އަށްވުރެމަތިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • އެއަރޕޯޓުން ހަމަޖައްސާ އުސޫލެއްގެ މަތީން، އެއަރޕޯޓުގައި ބޭނުންކުރާ އެއްގަމުގައި ދުއްވާ ހުރިހާ އުޅަނދުފަހަރު "ޑެއިލީ ޗެކް" ކުރުމާއި ގަވާއިދުން ލޮގްކޮށް، ކަމާބެހޭ ފަރާތަށް ރިޕޯޓުކުރުން.
  • އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ސްޓާޓްކުރުމުގެ ކުރިން ޗެކްކުރަންޖެހޭ ހުރިހާ ކަންކަމެއް ޗެކްކޮށް ލޮގްކުރުން.
  • އެއަރޕޯޓްގައި ބޭނުންކުރާ އެއްގަމުގައި ދުއްވާ ހުރިހާ އުޅަނދުފަހަރު ދޮވެ، ސާފުކޮށް ބެލެހެއްޓުން.
  • އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ބޭނުންކޮށްގެން އެއަރޕޯޓުގައި ކުރަންޖެހޭ މަސައްކަތްތަކާ ގުޅިގެން އެވަގުތަކު ދުއްވަންޖެހޭ އުޅަނދެއް ދުއްވުން.
  • ރަންވޭ ސޯލްޑަރު ވިނަކޮށުން.
  • އެއްގަމުގައި ދުއްވާ އުޅަނދުފަހަރު އެއަރޕޯޓުގައި ދުއްވާއިރު ޓްރާންސްޕޯޓް އޮތޯރިޓީގެ ގަވާއިދުތަކާއި އެއަރޕޯޓުގެ ގަވާއިދުތަކާއި އަދި ޚާއްޞަކޮށް ރޭމްޕްގައާއި އެއަރ ސައިޑުގައި އުޅަނދުފަހަރު ދުއްވުމުގެ ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތައި، މި ބަޔާންކުރި ގަވާއިދުން އުޅަނދުފަހަރު ދުއްވުން.
  • މި ބަޔާންކުރި މަސައްކަތްތަކުގެ އިތުރުން، އިސްލާމްދީނާއި ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފުނުވާނޭހެން، މަސައްކަތުގެ މާހައުލުގައި އޮފީހުން އަންގާ މަސައްކަތްތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  • ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ކައްދޫ އެއަރޕޯޓް އޮފީހުން ލިބެން ހުންނާނެއެވެ)
  • ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރުގެ އެހެން ދާއިރާއަކަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތްމުވައްޒަފަކުނަމަ، ކުރިމަތިލާ މަޤާމަށް ހޮވުމުން، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއް ނެތްކަމުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގައި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއަކާއި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ)

ސުންގަޑި

12 ޖުލައި 2015 ވާ އަންގާރަ ދުވަހުގެ 12:00

އިންޓަރވިއު ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތާއި އޮންނާނެ ތަން

މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއް މަސްދުވަސް ތެރޭގައި އިންޓަރވިއު ބޭއްވޭނެއެވެ. އިންޓަރވިއު އޮންނާނީ ކައްދޫ އެއަރޕޯޓް އޮފީހުގައެވެ.

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6800704 އެވެ. ވަޒީފާއަށްއެދޭ ފޯމު ހުށަހަޅުއްވަންވާނީ ކައްދޫ އެއަރޕޯޓް އޮފީސް/ ލ.ކައްދު އަށެވެ.

ނޯޓް: މިވަޒީފާއަށް ހުށަހަޅާ ފަރާތްތަކުގެ ޢަދަދު 15 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަޖުރިބާއަށް ބަލައި ޝޯޓް ލިސްޓް ކުރެވޭނެއެވެ. އިންޓަރވިއޫކުރާނީ ޝޯޓްލިސްޓްކުރެވޭ 15 ފަރާތާއެވެ.

މިކުންފުނިން ކުރި ނަންބަރު KACL/IULAAN/2015/010 (ތާރީޚު:02 ޖޫން 2015) އިޢުލާނުގައި މަޤާމުގެ އަދަދު ޖެހުމުގައި އޮޅުން އަރާފައިވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާނު ކުރީމެވެ.

02 ޖުލައި 2015
ހޯދާ