މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
މީރާކަނެކްޓް މެދުވެރިކޮށް ހުށަހެޅޭނެ ޓެކްސް ބަޔާންތަކާއި ފައިސާ ދެއްކޭ އާމްދަނީގެ ބާވަތްތައް

މައުޟޫއު: މީރާކަނެކްޓް މެދުވެރިކޮށް ހުށަހެޅޭނެ ޓެކްސް ބަޔާންތަކާއި ފައިސާ ދެއްކޭ އާމްދަނީގެ ބާވަތްތައް

23 ޖޫން 2015 ގައި ގެޒެޓްކޮށްފައިވާ ގަވާއިދު ނަންބަރު 2015/R-147 (އިލެކްޓްރޯނިކް ޒަރީއާ މެދުވެރިކޮށް ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ގަވާއިދު) ގެ 19 ވަނަ މާއްދާގެ ދަށުން، އިލެކްޓްރޯނިކް ޒަރީއާ މެދުވެރިކޮށް ހުށަހެޅޭނެ ޓެކްސް ބަޔާންތަކާއި ފައިސާ ދެއްކޭނެ އާމްދަނީގެ ބާވަތްތަކުގެ ތަފުސީލު ތިރީގައި އެ ވަނީއެވެ.

އިލެކްޓްރޯނިކް ޒަރީއާ މެދުވެރިކޮށް ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ގަވާއިދުގެ 9 ވަނަ މާއްދާގެ ދަށުން، މީރާކަނެކްޓް މެދުވެރިކޮށް ހުށަހެޅޭނެ ޓެކްސް ބަޔާންތަކަކީ:

  1. MIRA 304 (ބީ.ޕީ.ޓީ ބަޔާން)
  2. MIRA 303 (އިންޓެރިމް ޕޭމަންޓް ސްޓޭޓްމަންޓް)
  3. MIRA 301 (ވިތުހޯލްޑިންގ ޓެކްސް ބަޔާން)
  4. MIRA 206 (ޖީ.އެސް.ޓީ ބަޔާން – ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތް)
  5. MIRA 205 (ޖީ.އެސް.ޓީ ބަޔާން – ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ މުދަލާއި ޚިދުމަތް)

އިލެކްޓްރޯނިކް ޒަރީއާ މެދުވެރިކޮށް ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) އާއި 12 ވަނަ މާއްދާގެ (ހ) އާއި 13 ވަނަ މާއްދާގެ (ހ) ގެ ދަށުން، މީރާކަނެކްޓް މެދުވެރިކޮށް ފައިސާ ދެއްކޭނެ އާމްދަނީގެ ބާވަތްތަކަކީ:  

  1. ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް (ބީ.ޕީ.ޓީ)
  2. ވިތުހޯލްޑިންގ ޓެކްސް
  3. މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޓެކްސް (ޖީ.އެސް.ޓީ)
  4. ރިޒޯޓުތަކުގެ ކުލި
  5. ކުންފުނިތަކުގެ އަހަރީ ފީ
  6. ދިގު މުއްދަތަށް ދަނޑުވެރިކަން ކުރުމަށް ދޫކުރާ ރަށްރަށުގެ ކުލި
  7. އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ފީ

އިލެކްޓްރޯނިކް ޒަރީއާ މެދުވެރިކޮށް ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ގަވާއިދުގެ 14 ވަނަ މާއްދާގެ (ހ) ގެ ދަށުން، އެމް.އާރ.ޓީ.ޖީ.އެސް މެދުވެރިކޮށް ފައިސާ ދެއްކޭނެ އާމްދަނީގެ ބާވަތްތަކަކީ: 

  1. ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް (ބީ.ޕީ.ޓީ)
  2. ވިތުހޯލްޑިންގ ޓެކްސް
  3. މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޓެކްސް (ޖީ.އެސް.ޓީ)

އިތުރު މައުލޫމާތު ބޭނުންފުޅުވެލައްވާނަމަ، މި އޮތޯރިޓީގެ ހޮޓްލައިން 1415 އަށް ގުޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

30 ޖޫން 2015
ހޯދާ