މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
ދިވެހިރާއްޖެ
250 ޔުނިފޯމު ފެހުމަށް

މޯލްޑިވްސް އޮލިމްޕިކް ކޮމެޓީއަށް 250 ޔުނިފޯމު ފެހުމަށް ބޭނުންވެއްޖެ

މި އަހަރު 01 އިން 09 އޮގަސްޓަށް ރީޔޫނިއަންގައި ބޭއްވުމަށް ހަމަޖެހިފައިވާ 09 ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ބައިވެރިވާ ރާއްޖޭގެ ކޮންޓިންޖެންޓްގެ އެތުލީޓުންނާއި އޮފިޝަލުންގެ ޔުނިފޯމު އަމިއްލަ ތަކެތީގައި، މި ކޮމިޓީން ދޭ ޑިޒައިނަކަށް ފަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާގޮތަށް މަޢުލޫމާތު ސާފުކުރުމާއި ބީލަން ހުށަހެޅުމުގެ ކަންތައް ގެންދެވުން އެދެމެވެ.

މަޢުލޫމާތު ދިނުން

ބީލަން ހުށަހެޅުން / ބީލަން ހުޅުވުން

ތަން

28 ޖޫން 2015 ވާ އާދީއްތަ ދުވަހުގެ 13:00 ގައި

02 ޖުލައި 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި

މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު ކާކުކަން އަންގައިދޭ ލިޔުމެއް، ކުންފުނީގެ ފަރާތުންނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއެއް އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެފަރާތުގެ ލިޔުމެއް އޮންނަންވާނެއެވެ.

04 ރަމަޟާން 1436

22 ޖޫން 2015
ހޯދާ