މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ބޭރު މީހުންގެ ވިސާ/ޕާސްޕޯޓާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުމާއި، ބިދޭސީން ގެންނަންޖެހޭ ހާލަތުގައި އެކަން ކުރާނެ އޭޖެންސީއެއް ހޯދުން

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި މިހާރު ވަޒީފާގައި ގެންގުޅޭ ބޭރު މީހުންނާއި އަލަށް ވަޒީފާދޭ ބޭރު މީހުންގެ ވިސާ/ޕާސްޕޯޓާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުމާއި، އަދި ވަޒީފާތަކަށް އިތުރަށް ގެންނަންޖެހޭ ބިދޭސީން ގެންނަންޖެހޭ ހާލަތުގައި އެކަން ކުރާނެ އޭޖެންސީއެއް ބޭނުންވެއްޖެ.

މި މިނިސްޓްރީގެ ދަށުން ބަލަހައްޓަމުންދާ ބިދޭސީ މުވައްޒަފުންގެ ވިސާކަންތަކާއި މި ނޫނަސް ބިދޭސީންނާ ގުޅުންހުރި މަސައްކަތްތައް ކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރާކްޗަރ (އަމީނީމަގު، މާފަންނު، މާލެ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރާކްޗަރ (އަމީނީމަގު، މާފަންނު، މާލެ) އަށް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

25 ޖޫން 2015 ވާ ބުރާސްފަތި ދުވަހުގެ 13:00

5 ޖުލައި 2015 ވާ އާދީއްތަ ދުވަހުގެ 13:00

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައިނުވާ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3004136 ނަންބަރު ފޯނާއެވެ.

4 ރަމަޟާން 1436

21 ޖޫން 2015
ހޯދާ