ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
މެސެންޖަރ

މިކުންފުނީގެ މިދަންނަވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ.

މަޤާމު: މެސެންޖަރ ގރ 1 

އަދަދު:1

އަސާސީ މުސާރަ: 3500.00ރ

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް (1 އަހަރު)

މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ ހެޑް އޮފީސް  / އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓް

އެހެނިހެން އިނާޔަތްތައް:

  • އިތުރު އެލަވަންސް: 2000.00ރ އާއި 2500.00ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
  • އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ހަމަޖެހިފައިވާ އުސޫލުން އެޓަންޑަންސް އެލަވަންސް ލިބޭނެއެވެ.
  • ޕެންޝަން  

މަޤާމުގެ މަސްއޫލިއްޔަތު:

  • އެކި ޑިޕާރޓްމަންޓްތަކުން ހަވާލު ކުރެވޭ އޮފީސް ތެރޭގެ އެކި އެކި ޑިޕާޓްމަންޓްތަކަށް ހަވާލުކުރުން
  • އޮފީހުން ހަވާލު ކުރެވޭ ލިޔެކިއުންތައް އެހެނިހެން ކުންފުނިތަކަށާއި ސަރުކާރުގެ އޮފީސްތަކަށް ހަވާލުކުރުން

ތަޢުލީމާއި ތަޖުރިބާ:

  • ގްރޭޑް ދިހައެއް ނިންމާފައިވުން
  • މިދާއިރާގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ
  • ގިނަވަގުތުގައި މަސައްކަތުގައި އުޅެވޭ މީހެއްކަމުގައިވުން 
  • ދިވެހި އަދި އިނގިރޭސި މި ދެބަހުން ރަގަޅަށް މީހުންނާ މުޢާމަލާތުކުރަން އެނގުން

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2015 ޖޫން 15 ވާ ހޯމަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑް އޮފީސް ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

އެސްޓީއޯ ވެބްސައިޓް: http://www.stomaldives.com/downloads

ނޯޓް:

އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. މިމަޤާމަށް މުވައްްޒަފުން ހޮވުމުގައި ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަަކަށް ބެލުމަށްފަހު ޝަރަޠު ހަމަވާ އެޕްލިކޭޝަންއެއް ނުލިބިއްޖެނަމަ މަސައްކަތުގެ ތަޖުރިބާއަށާއި އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކްސް ލިބޭ ފަރާތެއް ހޮވޭނެއެވެ.

ވަޒީފާ  ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިން އޯރގަނައިޒޭޝަން  ޕލކ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން:3344273 ، 3344333  ވެބްސައިޓް: www.stomaldives.com

20 ޝަޢުބާން 1436

07 ޖޫން 2015
ހޯދާ