ނޭޝަނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަން
ދިވެހިރާއްޖެ
އޮފީސް އެސިސްޓެންޓް

އިޢުލާން

ތިރީގައި މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމު:

އޮފީސް އެސިސްޓެންޓް (އެސް.އެސް. 2)

އޮފީހުގެ ނަން:

ނޭޝަނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަން/ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް

ވަޒިފާ އަދާކުރަންޖެހޭ ތަން:

ކ.މާލެ

ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 2

ބޭނުންވާ ޢަދަދު:

01

އަސާސީ މުސާރަ:

3,470.00 ރުފިޔާ

އެލަވަންސް:

1,000.00 ރުފިޔާ (ސަރވިސް އެލަވަންސް)

އިތުރު ގަޑީގައި މަސައްކަތް ކުރައްވާނަމަ ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ މަސައްކަތަށް ދެވޭ އުޖޫރަ ދެވޭނެ.

ސެކްޝަން/ ޔުނިޓް:

އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް/ އޮފީސް އެޑްމިނިސްޓްރޭޝަން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ދައުލަތުގެ އޮފީސްތަކަށާއި އަމިއްލަ ތަންތަނަށް ސިޓީ، ނޯޓް ފަދަ ތަކެތި އަދި ފައިސާ ހަވާލުކުރުމާއި ބަލައިދިޔުން.
  • އޮފީހަށް ބޭނުންވާ މުދާ ފަދަ ތަކެތި ހޯދުމަށް ތަންތަނަށް ދިއުމާއި އެތަކެތި އޮފީހަށްގެނެސް ހަވާލުކުރަންޖެހޭ ފަރާތްތަކަށް ހަވާލުކުރުން.
  • އޮފީހުގެ ކުޑަދޮރުތަކާއި އުސް ތަންތަން ސާފުކުރުމާއި، ހޮޅިބުރި ފަދަ ތަކެތި ބަދަލުކުރުން ފަދަ މެއިންޓަނަންސް މަސައްކަތްތައްކުރުން.
  • އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައްކުރުން.

އަސާސީ ޝަރުޠު:

  • މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުން.

ހުށަހަޅަންޖެހޭ ތަކެތި:

  • ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު
  • ތަޢުލީމީ ސެޓްފިކެޓް ލިބިފައިވާނަމަ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ އަސްލާ އެއްގޮތްކަމުގެ ކޮޕީ.) އަދި
  • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާނަމަ ވަޒީފާ އަދާކުރި ނުވަތަ އެވަޒީފާ އަދާކުރާކަމުގެ ރަސްމީ ލިޔުމެއް. (އެވަޒީފާގެ މަސްއޫލިއްޔަތާއި، އެވަޒީފާގައި ހޭދަވި މުއްދަތާއި އަދި މަސައްކަތު އަޚުލާޤު ހުރިގޮތް ބަޔާންކޮށް)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހާއެކު)
  • ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން، ސިވިލް ސަރވިސްގެ މިވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

އިތުރު މަޢުލޫމާތު:

  • ޝަރުޠު ފުރިހަމަނުވާ އަދި ހުށަހަޅަންޖެހޭތަކެތި ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • މިމަޤާމަށް މުވައްޒަފުން ނެގޭނީ މިބިޔުރޯއިން ކަނޑައަޅާ އިންޓަރވިޔު ޕެނަލްއެއްގައި މިމަޤާމުގެ ވާޖިބު އަދާކޮށްދެވޭނެކަމަށް ސާބިތު ކޮށްދީ އިންޓަރވިއުއިން ފާސްވުމުންނެވެ. އަދި އިންޓަވިއުއަށް ހޮވޭ ފަރާތްތަކުން ވަޒީފާއަށް އެދި ހުށަހަޅުއްވާފައިވާ އެޕްލިކޭޝަން ފޯމާއެކުވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވެލައްވާއިރު ގެންނެވުންއެދެމެވެ.
  • އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް މިބިޔުރޯގެ 3312900 ނުވަތަ 3010754 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

ސުންގަޑި:

 25 ޖޫން 2015 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން.

ނޭޝަނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަނަށް. (ވެލާނާގެ 05 ވަނަ ފަންގިފިލާ)

އިންޓަވިއު ކުރުން:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 10 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

20 ޝަޢުބާން 1436 ހ.

07 ޖޫން 2015
ހޯދާ