ޕަބްލިކް ވަރކްސް ސަރވިސަސް
ދިވެހިރާއްޖެ
އެކައުންޓްސް އޮފިސަރ

ތިރީގައި މިދަންނަވާ މަޤާމުތަކަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

އެކައުންޓްސް އޮފިސަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެމް.އެސް. 1/ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު

01

ވަޒިފާ އަދާ ކުރަންޖެހޭ ރަށް/ އޮފީހާއި، ޔުނިޓް

ޕަބްލިކް ވަރކްސް ސަރވިސަސް، ކ. މާލެ/ ކޯޕަރޭޓް ސެކްޝަން/ ފައިނޭންސް އެންޑް އެކައުންޓްސްޔުނިޓް

މުސާރައާއި ޢިނާޔަތްތައް

  • މުސާރަ: -/5,610 ރުފިޔާ
  • ސަރވިސް އެލަވަންސް: -/2,000 ރުފިޔާ
  • އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް: އަސާސީ މުސާރައިގެ %35

(އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީ ފައިސާ ދެވޭނެ.)

ޝަރުޠު

  • މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ފިކްސްޓް އެސެޓް ރަޖިސްޓްރީ ބެލެހެއްޓުން
  • ފައިސާ ދައްކަންޖެހޭ ބިލްތަކަށް، ފައިސާ ދޫކުރުމަށް ކުރަންޖެހޭ މަސައްކަތްތައްކުރުން.
  • ޕޭމަންޓް ވައުޗަރ ތައްޔާރުކުރުމާއި ޗެކްކުރުން.
  • ކޭޝްފްލޯ ހެދުން.
  • އޮފީހުގެ މުވައްޒަފުންގެ މުސާރަ ޗެކްކުރުން އަދި ކޭޝްކޮށް މުސާރަ ދޭ މުވައްޒަފުންގެ މުސާރަ ނެގުމަށް އެމް.އެމް.އޭ އަށް ދިއުން އަދި މުސާރަ މުވައްޒަފުންނާއި ޙަވާޅުކުރުން.
  • މުއްދަތަށް ފައިސާ ނުދައްކާ ހުންނަ ފަރާތްތަކުން ރިސީވަބަލް ޕޭމަންޓްސް ހޯދުން.
  • ޑެއިލީ ޕޭމަންޓް، ކަލެކްޝަން ރިޕޯޓް ނެގުން.
  • ފައިނޭންޝަލް ސްޓޭޓްމަންޓްތައް ތައްޔާރުކުރުން.
  • ބަޖެޓް ހެދުމުގައި އެހީތެރިވުން.
  • އަގުނަގާގޮތަށްދެވޭ ޚިދުމަތްތަކަށާއި ކުރާމަސައްކަތްތަކަށް ގަވާއިދުން ބިލްކުރުމާއި، ފައިސާ ބަލައިގަތުމުގެ ހަރުދަނާ ނިޒާމެއް އިދާރާގައި ޤާއިމުކޮށް، ފައިސާ ބަލައިގަތުމާއި، ލިބޭފައިސާ ގަވާއިދުން ޖަމާކޮށް ބެލެހެއްޓުމާއި،  ލިބޭފައިސާއާއި، ނުލިބޭ ފައިސާގެ ރެކޯޑްސް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • ޔުނިޓްގެ މުވައްޒަފުންގެ އިތުރުގަޑީގެ ޝީޓްތައް ތައްޔާރުކޮށް ދުވަހުން ދުވަހަށް ނިންމާ، އެޗްއާރް ޔުނިޓަށް ފޮނުވާ، ފައިލްކޮށް ބެލެހެއްޓުން.
  • ޔުނިޓްގެ އިދާރީ ލިޔެކިޔުންތައް (މެމޯ، ސިޓީ، ނޯޓް ފަދަ ލިޔެކިޔުންތައް) ލިޔެ ފައިލްކޮށް ބެލެހެއްޓުން.
  • ޔުނިޓަށްލިބޭ ހުރިހާ ލިޔެކިޔުމެއް ގަވާއިދުން ފައިލްކޮށް ބެލެހެއްޓުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސަރވިސަސްގެ ނަންބަރު 3323537 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  • ތައުލީމާއި ތަމްރީން.
  • މަސައްކަތުގެ ތަޖުރިބާ.
  • އިންޓަރވިއު.
  • ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު.
  • ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.
  • މާލިއްޔަތު ޤާނޫނާއި ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދަށް އަހުލުވެރިވެފައިވާ ފަރާތެއް ކަމުގައިވުން.

ތަކެތި ހުށަހަޅަންޖެހޭ ތާރީޚު:

  • މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ޕަބްލިކް ވަރކްސް ސަރވިސަސްއަށް (އަމީނީމަގު، މާފަންނު/ މާލެ)
  • ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 15 ޖޫން 2015 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން.

އިންޓަރވިއު ކުރުން

  • މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ ޖޫން 2015 ވަނަ މަހުގެ ތާރީޚެއްގައި މި ސަރވިސަސް ގައެވެ.
  • އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޕަބްލިކް ވަރކްސް ސަރވިސަސްގެ މާލެ އޮފީހުންނެވެ.)
  • ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

14 ޝަޢުބާން 1436

01 ޖޫން 2015
ހޯދާ