ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް ޓެކްނީޝަން

ވަޒީފާގެ ފުރުޞަތު

މަޤާމު:

އެސިސްޓެންޓް ޓެކްނީޝަން

ވަޒީފާގެ ދާއިރާ:       

ޓްރާންސްޕޯޓް ސެކިއުރިޓީ އެންޑް މެއިންޓަނަންސް

ބޭނުންވާ އަދަދު:       

01

މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެ ފައިސާ:  

-/5,740 ރުފިޔާ އާއި -/12,000 ރުފިޔާ އާ ދެމެދު.

ފެންވަރު ނުވަތަ ޝަރުޠު:   

މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ދާއިރާއާގުޅޭ 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން. އަދި މަޤާމުގައި ކުރަންޖެހޭ މަސައްކަތްތައް ކުރެވޭފަދަ އުމުރާއި ޞިއްޙަތުގެ ގޮތުން އެކަށީގެންވުން.

ދާއިރާގެ މައިގަނޑު މަސައްކަތް:

މި ކުންފުނިން އޮޕަރޭޓްކުރާ ވެހިކަލްތަކުގެ މަސައްކަތްތަކާއި އޮފީސް އިމާރާތުގައި ކުރަންޖެހޭ މެއިންޓަނަންސް މަސައްކަތްތައްކުރުން. ވެހިކަލް މަސައްކަތްކުރަން ދަންނަ މީހުންނަށް އިސްކަންދެވޭނެ.

މަޤާމު:

ޑިއުޓީ އޮފިސަރ

ވަޒީފާގެ ދާއިރާ:       

ޓްރާންސްޕޯޓް ސެކިއުރިޓީ އެންޑް މެއިންޓަނަންސް

ބޭނުންވާ ޢަދަދު:       

01

މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެ ފައިސާ:  

-/5,740 ރުފިޔާ އާއި -/12,000 ރުފިޔާ އާ ދެމެދު.

ފެންވަރު ނުވަތަ ޝަރުޠު:   

ގްރޭޑް 7 ގެ ފެންވަރަށް ތަޢުލީމު ހާސިލުކޮށްފައިވުމާއެކު ދާއިރާއާގުޅޭ 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން. އަދި މަޤާމުގައި ކުރަންޖެހޭ މަސައްކަތްތައް ކުރެވޭފަދަ އުމުރާއި ޞިއްޙަތުގެ ގޮތުން އެކަށީގެންވުން.

ދާއިރާގެ މައިގަނޑު މަސައްކަތް:

ޑިއުޓީ އުސޫލުން ސެކިއުރިޓީ ބެލެހެއްޓުން.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚު:

11 ޖޫން 2015 ދުވަހުގެ 15:00 ގެ ކުރިން

މި ވަޒީފާތަކަކީ ކޮންޓްރެކްޓް އުސޫލުން 6 މަސް ދުވަހުގެ މުއްދަތަށް ކަނޑައަޅާފައިވާ ވަޒީފާއެކެވެ. ކޮންޓްރެކްޓް މުއްދަތުގެ ތެރޭގައި ކުންފުނިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ވަޒީފާ އަދާކޮށްފައިވާނަމަ 6 މަސް ހަމަވުމުން ވަޒީފާ ދާއިމީކުރެވޭނެއެވެ.

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން މި ކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ވަޒީފާއަށް އެދޭފޯމް ނެންގެވުމަށްފަހު، ފުރިހަމަކުރައްވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން އަދި އައި.ޑީކާޑްގެ ކޮޕީ ވަޒީފާއަށް އެދޭ ފޯމާއެކު މި ކުންފުންނީގެ ހެޑްއޮފީހުގެ ރިސެޕްޝަނަށް 11 ޖޫން 2015 ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށްއެދޭ ފޯމު މި ކުންފުނީގެ ވެބްސައިޓް www.stelco.com.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ. އިންޓަރވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

15 ޝަޢުބާން 1436

02 ޖޫން 2015
ހޯދާ