ދ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ވޮޗަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ދ. ރިނބުދޫ ޞިއްޙީ މަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި ޤާބިލް މީހެކެވެ.

މަޤާމް

ވޮޗަރ

ބޭނުންވާ އަދަދު

1

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

ރޭންކް: SS.1

މުސާރަ

މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

ރިސްކް އެލަވަންސް: ނުކުންނަ ދުވަހަކަށް -/50 ރުފިޔާ

ޑިވިޜަން/ ސެކްޝަން

އެޑްމިން

ވަޒިފާ އަދާކުރަންޖެހޭ ތަން

ދ. ރިނބުދޫ ޞިއްޙީ މަރުކަޒު، ދ. ރިނބުދޫ

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތް

1. ޑިއުޓީގަޑީގައި، މަރުކަޒުގެ ގޯތި ހިމެނޭ ސަރަހައްދު އެތެރާއި ބޭރު ވަށައިގެން ބެލެހެއްޓުން.

2. ބަލިމީހުންނަށް ގޮވާލަން އޮންނަ ގަޑިތައް ފިޔަވައި އެހެން ގަޑިތަކުގައި ވޯޑުގައި އެކަކަށްވުރެ ގިނަމީހުން ތިބިނަމަ، ވިސްނުންތެރިކަމާއެކު ވާހަކަދައްކައިގެން އެބަޔަކު ވޯޑުން ބޭރަށް ނުކުތުމަށް ނަސޭހަތްތެރިވުން.

3. މަރުކަޒުގައި ދިމާވާ އިމަރޖެންސީ ކަންކަމުގައި އެވަގުތަކު ޑިއުޓީގައި ތިބޭ މުވައްޒަފުންނަށް އެހީތެރިވެ، މަސައްކަތްކުރުން.

4. މީގެ އިތުރުން، މަރުކަޒުގެ ވެރިންނާއި އިސްމުވައްޒަފުން އަންގަވާ، އޮފީހުގެ ރަސްމީ މަސައްކަތް ކުރުން.

ތަޢުލީމާއި ތަޖުރިބާ

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

1. ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން

ޢިނާޔަތްތައް

ސިވިލް ސަރިވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

1. ސިވިލް ސަރވިސްގެ ވަޒިފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް، ދ. ރިނބުދޫ ޞިއްޙީ މަރުކަޒުން ލިބެން ހުންނާނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން  އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ. މީގެ ތެރޭގައި، ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށްފައި ހުށަހަޅާ ސެޓްފިކެޓްތައް (އެކްރެޑިޓް ކޮށްފައި ނުވި ނަމަވެސް) މަޤާމުގެ އަސާސީ ޝަރުތު ފުރިހަމަކުރުމުގައި ބެލެވޭނެއެވެ.)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަނޑި

2015 ޖޫން 15 ވާ ހޯމަ ދުވަހުގެ 14:30 ގެ ކުރިން، ދ. ރިނބުދޫ ޞިއްޙީ މަރުކަޒަށް.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

24 ޖޫން 2015 އާއި 23 ޖުލައި 2015 އާ ދެމެދު ދ. ރިނބުދޫ ޞިއްޙީ މަރުކަޒުގައި.

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

- މަޢުލޫމާތު ސާފުކުރަން ގުޅާނީ  7904260 ނަންބަރު ފޯނަށް ނުވަތަ 6760087 ނަންބަރު ފޯނަށެވެ.

- ވަޒީފާއަށް އެދޭ ފޯމް ދ. ރިނބުދޫ ޞިއްޙީ މަރުކަޒުން ލިބެން ހުންނާނެއެވެ.

17 ޝަޢުބާން 1436  

04 ޖޫން 2015
ހޯދާ