މާމެންދޫ ސްކޫލް، ގއ.މާމެންދޫ
ދިވެހިރާއްޖެ
މަސައްކަތު

މަޤާމު: މަސައްކަތު

ބޭނުންވާ އަދަދު: 01

ރޭންކް: އެސް.އެސް. 1

ކްލެސިފިކޭޝަން: ސަޕޯރޓް ސަރވިސް ގްރޭޑް 1  

މުސާރަ: -/3100 ރުފިޔާ

ސަރވިސް އެލަވަންސް: -/1000 ރުފިޔާ

ވަޒީފާއޮތް އޮފީސް: ގއ. މާމެންދޫ ސްކޫލު

ގިންތި: ދާއިމީ

ވަޒީފާއަދާކުރާ ސެކްޝަނާއި ތަން: އެޑްމިނިސްޓްރޭޝަން ސެކްޝަން   

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ސްކޫލުގެ ގޯތިތެރޭގައި ހުންނަ ރުއްތައް ސާފުކޮށް ބެލެހެއްޓުން.
  • ސްކޫލުގެ ދިޔަދޮވިތައް ސާފުކުރުން.
  • ސްކޫލުގެ ހޯލުއެތުރުމާއި، ޕާޓިޝަންތައް އަޅުވައި ނައްޓައި ހެދުން.
  • ސްކޫލުގެ ތެރޭގައި ހުންނަ ގަސްތައް ކޮށައި ސާފުކުރުން.
  • ސްކޫލު ކުލާސްރޫމުތަކުގައި ހުންނަ ފަންކާ، ހޮޅިބުރި، ފަދަ ތަކެތި ބަދަލުކޮށް ސާފުކޮށް ބެލެހެއްޓުން.
  • ކުލާސްރޫމުތަކުގެ ޑަސްބިން ދުވަހުން ދުވަހަށް ހުސްކޮށް ޑަސްބިންތައް ހުރީ ހަމަޔަށްތޯ ބެލެހެއްޓުން.
  • ސްކޫލުން ކަނޑައަޅާ ދުވަސްތަކުގައި ކަނޑައަޅާ ގޮތެއްގެ މަތިން ސްކޫލު ހޯލު އެތުރުން.
  • އޮފީހުގެ މަގުސަދު ހާސިލުކުރުމަށް އޮފީހުން ކުރާ މަސައްކަތުގައި ބައިވެރިވެ، އެމަސައްކަތްތައް ކުރުން.
  • ދިމާވާ އިމަޖެންސީ ޙާލަތްތަކުގައި އޮފީހުން އަންގާ ރަސްމީ މަސައްކަތްތައް ކުރުން. 

ޝަރުޠު: ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއާއި، ލިބިފައިވާ ހުނަރު.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައިވުން.
  • އިންޓަވިއުއަށް ލިބޭ މަރކްސް.
  • ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުން ގެންދަވާ ބޭފުޅުން އެމުވައްޒަފު މިހާރު ވަޒީފާ އަދާކުރައްވާ މުއައްސަސާއަކުން އެމުވައްޒަފެއްގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީ އަދި މަސައްކަތުގެ އަޚުލާޤު ހުރިގޮތް ބަޔާންކޮށް ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީ އަދި މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމު" ހުށައަޅުއްވާ މުވައްޒަފުންނަށް ވަޒީފާއަށް މުވައްޒަފަކު ހޮވުމުގައި ޕޮއިންޓް ދެވޭނެއެވެ.             

އިންޓަރވިއު ކުރުން

  • މިވަޒީފާއަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ ގއ. މާމެންދޫ ސްކޫލުގަ އެވެ. މިގޮތުން އިންޓަވިއު އޮންނާނީ، 14 ޖޫން 2015 އާއި 17 ޖޫން 2015 އާ ދޭތެރޭގެ ދުވަހެއްގަ އެވެ. އަދި އިންޓަވިއު އޮންނަ ދުވަސް ޝަރުޠުހަމަވާ ފަރާތްތަކަށް 1 ދުވަސް ކުރިން އެންގޭނެ އެވެ.
  • އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  • ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު މި ފޯމު، މިސްކޫލުގެ އޮފީހުން ރަސްމީ ގަޑިގައި ލިބެން ހުންނާނެ އެވެ. އަދި ސިވިލްސަރވިސްގެ ވެބްސައިޓް www.csc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
  • ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   
  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
  • ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ގއ. މާމެންދޫ ސްކޫލަށެވެ.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 9 ޖޫން 2015 ވާ އަންގާރަ ދުވަހު މެންދުރު ފަހު 13:30 އެވެ.

ނޯޓް:  

މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ގއ. މާމެންދޫ ސްކޫލުގެ ނަންބަރު 7983073 ފޯނަށް ގުޅުއްވުން އެދެމެވެ. 

7 ޝަޢުބާން 1436

25 މޭ 2015
ހޯދާ