އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫސިޓީ ރައްޔިތުންނަށް އިިޢާދަކުރަނިވި ހަކަތަ ފޯރުކޮށްދިނުމަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުޞަތު

އައްޑޫސިޓީ ރައްޔިތުންނަށް އިިޢާދަކުރަނިވި ހަކަތަ ފޯރުކޮށްދިނުމަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުޞަތު

ޕްރޮޖެކްޓް: އައްޑޫސިޓީގެ ރައްޔިތުންނަށް އިޢާދަކުރަނިވި ހަކަތަ ފޯރުކޮށްދިނުން

އައްޑޫސިޓީގެ ރައްޔިތުންނަށް އިޢާދަކުރަނިވި ހަކަތަ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.

ވީމާ، މި މަސައްކަތަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީ.އޯ.އައި) ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވާ ރާއްޖޭގެ، އަދި ރާއްޖޭން ބޭރުގެ އެންމެހާ ފަރާތްތަކަށް ޢާންމުކޮށް ހުޅުވާލަމެވެ. އަދި މިކަމަށް ޝައުޤުވެރިކަން ފާޅު ކުރައްވާ ފަރާތްތަކަކީ މި ޚިދުމަތް ދެވޭނެ ޤާބިލު އަދި ތަޖުރިބާހުރި ފަރާތްތަކެއްކަން ސާބިތުކޮށްދެއްވުމާއެކު ޝައުޤުވެރިކަން ފާޅުކުރަންވާނެއެވެ. 

އީ.އޯ.އައި ހުށަހަޅުއްވާ ފަރާތްތަކުން ބޭނުންވާނަމަ ކޮލިފައިވުމަށްޓަކައި ޖޮއިންޓްވެންޗަރއެއް ހެދިދާނެއެވެ. މި ޚިދުމަތަށް ކޮންޓްރެކްޓަރަކު ހޮވުމަށް ހަމަޖެހިފައިވަނީ މިކަމަށް ތައްޔާރުކޮށްފައިވާ މާކިންގ ސްކީމަށް ބަލައިގެންނެވެ. އީ.އޯ.އައި ތައް 21 ޖޫން 2015 ބުދަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ވަޑައިގެން ނުވަތަ އީމެެއިލުން ނުވަތަ ފެކްސް ނުވަތަ ޕޯސްޓުން ފޮނުއްވަން ވާނެއެވެ. ހުށަހަޅާ އީ.އޯ.އައި އެޑްރެސް ކުރައްވާނީ:

ޢަބްދުﷲ ޞާދިޤު

މޭޔަރ

އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ، ދިވެހިރާއްޖެ

ފޯން: 6885898

ފެކްސް: 6888002

އީމެއިލް: [email protected]

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 7902347 ނަންބަރު މޯބައިލް ފޯނަށް ގުޅުއްވުން އެދެމެވެ.

6 ޝަޢުބާން 1436 

24 މޭ 2015
ހޯދާ