މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ކުރޫން ގެންނަ ތަކެތި ދޫކުރުން ލުއި ފަސޭހަކުރުން:

                      ސަރކިއުލަރ

ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

ކުރޫން ގެންނަ ތަކެތި ދޫކުރުން ލުއި ފަސޭހަކުރުން:

ރާއްޖެއިން ބޭރުދަތުރުކުރާ އުޅަނދުފަހަރުގެ ކުރޫން ގެންނަ ތަކެތި ޗެކުކޮށް ދޫކުރުމުގައި މިހާރު ޢަމަލު ކުރެވެމުންދަނީ އުޅަނދު ރާއްޖެއަށް އައުމުން ކުރޫވް ޑިކްލަރޭޝަން މިއޮފީހަށް ހުށަހަޅައި އަގުފާސްކޮށް ޗެކުކޮށް ދޫކުރާގޮތަށެވެ. މިހެން މިކަން އޮތުމުން އަގުފާސްކުރުމުގެ މަރުހަލާގައި ގިނަވަގުތުތަކެއް ހޭދަވާކަމާއި އަދި މިކަމުން ދިގު ދަތުރެއްކޮށްފައި އަންނަ ފަރާތްތަކަށް ނުހަނު ތަކުލީފުތަކާ ކުރިމަތިވާކަން ވަނީ ފާހަގަ ކުރެވިފައެވެ.

މިއަދުގެ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމުގައިވާ، ވިޔަފާރިއަށް ފަހި މާހައުލެއް ޤާއިމްކުރުމުގެ ސިޔާސަތުގެ ދަށުން، ކަސްޓަމްސްއިން ފަށާފައިވާ ޓުރޭޑު ފެސިލިޓޭޝަންގެ ސިޔާސަތުގެ ތެރެއިން، އުޅަނދުފަހަރު ރާއްޖެއަށް އައުމުގެ ކުރިން، އެއުޅަނދެއްގެ ކުރޫން ގެންނަ އަމިއްލަ ތަކެތީގެ ޑިކްލަރޭޝަން ކަސްޓަމްސްއަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލި ވާހަކަ ދަންނަވަމެވެ.

މިގޮތަށް ހަމަޖެހުމުން އުޅަނދުފަހަރު ރާއްޖެއަށް ވަމުނުގެ ކުރިން ކުރޫން ގެންނަ ތަކެތީގެ އަގުފާސްކޮށް އަދި އުޅަނދު ރާއްޖޭގައި ބަނދަރުކުރުމުން ތަކެތި ދޫކުރެވޭނެ އިންތިޒާމުތައްވެސް ވަނީ ހަމަޖެއްސިފައެވެ.

މިއީ، ރާއްޖެއިން ބޭރުދަތުރުކުރާ އުޅަނދުފަހަރުގެ ކުރޫން ގެންނަތަކެތި ޗެކުކޮށް ދޫކުރުމުގެ މަސައްކަތް ހަލުވިކޮށް ލުއި ފަސޭހަކުރުމުގެ މަސައްކަތަށް ލިބުނު ވަރަށް ބޮޑުކުރިއެރުމެއް ކަމުގައިދެކެމެވެ.

މިހެންވެ މިކަން، މިކަމާގުޅޭ އެންމެހައި ފަރާތްތަކުގެ ސަމާލު ކަމަށްޓަކައި ދެންނެވީމެވެ.

      2 ޝަޢުބާން 1436 

20 މޭ 2015
ހޯދާ