މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ވާހަކައެއް ލިޔެ ފޮތެއްގެ ގޮތުގައި ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން

މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ޖުވަނައިލް ޖަސްޓިސް ޔުނިޓުން ޤާނޫނަށް ހޭލުންތެރި ކުރުމުގެ މަޤުޞަދުގައި ވާހަކައެއް ލިޔެ ފޮތެއްގެ ގޮތުގައި ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 19 މޭ 2015 ވާ ހޯމަ ދުވަހުގެ 14:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 25 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެކަމުގައި ދެންނެވީމެވެ.

‏22 ރަޖަބު 1436

11 މޭ 2015
ހޯދާ