ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ހުޅުމާލޭގެ ބިންތަކުގައިވާ ތަކެތި ހުސްކުރުމާބެހޭ

ހުޅުމާލޭގައި މީޑިއާ ޕާކް ހެދުމަށް ކަނޑައަޅައި ދޫކޮށްފައިވާ ބިންތަކުގެ އެގްރީމެންޓް މި ކޯޕަރޭޝަނުން ވަނީ ބާޠިލުކޮށް، އެބިންތައް މިކޯޕަރޭޝަނަށް ނަގާފައެވެ. ވީމާ، މިބިންތައް ކުރިން ދޫކުރެވިފައިވާ ފަރާތްތަކުގެ އެއްވެސް އެއްޗެއް މިއިން އެއްވެސް ބިމެއްގައިވާނަމަ، މިއަދުން ފެށިގެން (11 މޭ 2015 ން 20 މޭ 2015 ގެ ނިޔަލަށް) 10 ދުވަހުގެ ތެރޭގައި ގެންގޮސް ހުސްކުރަން އަންގަމެވެ. އަދި މި މުއްދަތުގެ ތެރޭގައި ނުގެންގޮސް ހުރިނަމަ، ހުރި އެއްޗެއް މިކޯޕަރޭޝަންގެ ފަރާތުން ނަގައި އެތަކެއްޗާމެދު މި ކޯޕަރޭޝަނުން ކަނޑައަޅާ އުސޫލަކުން ޢަމަލުކުރެވޭނެއެވެ. އަދި މިތަކެތި ނެގުމާ ގުޅިގެން އެއްވެސް ފަރާތަކަށް ވެދާނެ ގެއްލުމަކަށް މި ކޯޕަރޭޝަނުން ޒިންމާނުވާނެ ވާހަކަ އަންގަމެވެ.

ހުސްކުރުމަށް ކަނޑައެޅިފައިވާ ބިންތައް ތިރީގައި ބަޔާންކުރެވިފައި މިވަނީއެވެ.

  1. ޕްލޮޓް ނަންބަރު 10850     
  2. ޕްލޮޓް ނަންބަރު 10855
  3. ޕްލޮޓް ނަންބަރު 10856     
  4. ޕްލޮޓް ނަންބަރު 10848     
  5. ޕްލޮޓް ނަންބަރު 10851     
  6. ޕްލޮޓް ނަންބަރު 10843
  7. ޕްލޮޓް ނަންބަރު 10849
11 މޭ 2015
ހޯދާ