އިހައްދޫ ސުކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ސްކޫލުން 20 އެޕްރީލް 2015 ގައި ކޮށްފައިވާ GS-193/IUL/2015/04 ނަންބަރު އިޢުލާނާ ގުޅިގެން ޝަރުޠު ހަމަވާ އެއްވެސް ފަރާތަކުން ވަޒީފާއަށް ކުރިމަތިލާފައި ނުވާތީ، އަލުން އެ ވަޒީފާއަށް އިޢުލާނު ކުރަމެވެ.

މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ރޭންކް: ޖީ. އެސް. 3
މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު: 1 (އެކެއް)

މުސާރަ: -/4465 ރުފިޔާ

ސަރވިސް އެލަވަންސް: -/1500 ރުފިޔާ

ވަޒީފާ އޮތް އޮފީސް: އިހައްދޫ ސްކޫލް، ލ. ގަން

ވަޒީފާ އަދާކުރާ ސެކްޝަނާއި، ތަން: އެޑްމިން ސެކްޝަން / އިހައްދޫ ސްކޫލް، ލ. ގަން

މަޤާމުގެ ޝަރުޠު:

1- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި  'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ސްކޫލުގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔެ ރެކޯޑް ބެލެހެއްޓުން.
  • މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުން.
  • މުވައްޒަފުންގެ ސަލާމާއި ޗުއްޓީގެ ރެކޯޑް ބެލެހެއްޓުން.
  • ސްކޫލަށް ލިބޭ މެސެޖާއި، ސިޓީފަދަ ތަކެއްޗަށް ޖަވާބުދިނުން.
  • ސްކޫލުގެ އެންޓްރީ ބެލެހެއްޓުން.
  • މުވައްޒަފުންގެ ބައްދަލުވުންތައް ބޭއްވުމުގެ އިންތިޒާމުތައް ހަމަޖެއްސުން.
  • ސްކޫލްގެ އަހަރީ ރިޕޯޓަށް ބޭނުންވާ މަޢޫލޫމާތު އެއްކޮށް ބެލެހެއްޓުން.
  • ސްކޫލްގެ ތަފާސްހިސާބުތަކުގެ ރެކޯޑްލިޔެ ބެލެހެއްޓުމާއި، ފޮނުވަންޖެހޭ ފަރާތްތަކަށް ގަވާއިދުން ފޮނުވުން.
  • އިދާރީ މުވައްޒަފުންނަށް ބޭއްވޭ ބައްދަލުވުންތަކުގެ ޔައުމިއްޔާތައް ލިޔެ ބެލެހެއްޓުން.
  • ސްޓޮކާއި، އިންވެންޓްރީ ރެކޯޑްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • ސްކޫލަށް ގަންނަންޖެހޭ ތަކެތި ގަތުމާއި، ފިހާރަތަކުގެ ބިލްތައް ބަލައިގަނެ ފައިސާދެއްކުމަށް ތައްޔާރުކުރުން.
  • ސްކޫލުގެ ފަރާތުން ބާއްވާ އެކިއެކި މުބާރާތްތަކާއި، ރަސްމިއްޔާތުތައް އިންތިޒާމުކުރުމުގައި އެހީތެރިވުން.  

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށްޓަކައި ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު.
  • މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
  • މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމުގެ ސިފަތައް.

އެހެނިހެން ޢިނާޔަތްތައް:

ދިވެހި ސިވިލް ސަރވިސް ގަވާއިދުގެ ޗެޕްޓަރ ނަންބަރު 16 ގައިވާ ގޮތުގެ މަތިން، އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ހަމަޖެހިފައި އޮންނަ އުސޫލުގެމަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. އަދި ހަމަޖެހިފައިވާ އުސޫލުގެމަތިން، ރަމަޟާންމަހުގެ ޚާއްޞަ އެލަވަންސް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މަޢުލޫމާތު ފުރިހަމަކޮށްފައިވާ "ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު" (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި މި ފޯމް، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv ން) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) (އިންޓަވިއުއަށް ހާޒިރުވާއިރު، އަސްލު ގެންނަންވާނެއެވެ.)
  • ލިބިފައިވާ ތަޖުރިބާ ސާބިތުކޮށްދޭ ލިޔުންތަކުގެ ކޮޕީ (އިންޓަވިއުއަށް ހާޒިރުވާއިރު އަސްލު ގެންނަންވާނެއެވެ.)
  • މުއްދަތު ހަމަނުވާ އައިޑީކާޑުގެ ސާފު ކޮޕީ (އިންޓަވިއުއަށް ހާޒިރުވާއިރު އަސްލު ގެންނަންވާނެއެވެ.)
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދެ ފޯމާއެކު އެޓޭޗްކޮށްފައިވާ ނަމޫނާއާ އެއްގޮތަށް ނުވަތަ ނަމޫނާގައިވާ މަޢުލޫމާތު ހިމަނައިގެން ތައްޔާރުކޮށްފައިވާ ވަޒީފާއަށް އެދޭ ފަރާތުގެ ކަރިކިއުލަމް ވިޓާ (ސީވީ)
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

ސުންގަޑި:

މި މަޤާމަށް އެދޭ ޝަރުޠު ހަމަވާ ފަރާތްތަކުން، 2015 މޭ 13 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމާއި، މަތީގައި ބަޔާންކޮށްފައިވާ ލިޔުންތައް، އިހައްދޫ ސްކޫލަށް ހުށަހެޅުން އެދެމެވެ.

އިންޓަވިއު ކުރުން:

މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއުކުރުން އޮންނާނީ، 17 މެއި 2015 އާއި 21 މެއި 2015 އާ ދެމެދު އިހައްދޫ ސްކޫލުގައެވެ.

އިތުރު މަޢުލޫމާތު:

  • މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ލ. ގަމު އިހައްދޫ ސްކޫލުގެ 7967101 ނަންބަރު  ފޯނަށް ގުޅުން އެދެމެވެ.

14 ރަޖަބު 1436

03 މޭ 2015
ހޯދާ