ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމު

ބޭނުންވާ އަދަދު

ޝަރުޠު

މަސައްކަތްކުރަންޖެހޭ ރަސްމީ ގަޑި

މުސާރަ

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް

ކޯޕަރޭޓް އެފެއާޒް ޑިޕާޓްމަންޓް

ހިއުމަން ރިސޯސަސް އޮފިސަރ

 

 

 

01

  • މަސައްކަތާ ގުޅޭ ދާއިރާއިން ބެޗްލާރޒް ޑިގްރީ ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގެންގުޅޭ މިންގަޑުގެ 07 ވަނަ  ސަނަދު ހާސިލުކޮށްފައިވުން އަދި މަޤާމާގުޅޭ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަސައްކަތާ ގުޅޭ ދާއިރާއިން ޑިޕްލޮމާ ހާސިލު ކޮށްފައިވުން ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގެންގުޅޭ މިންގަނޑުގެ 5 ވަނަ ސަނަދު ހާސިލުކޮށްފައި ވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއިން 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބަ ލިބިފައިވުން ނުވަތަ ކޮމިޝަންގެ އެސިސްޓަންޓް އޮފިސަރުގެ މަޤާމުގައި މަދުވެގެން 5 އަހަރު އުޅެ މަސައްކަތުގެ ފެންވަރު ވަޒަންކޮށް އެވަރޭޖް %90 މާރކްސް ލިބިފައިވުން


 

ހެނދުނު 8.00 އިން  މެންދުރުފަހު 15.00  އަށް،

 

 

މަހަކު -/10,550 ރުފިޔާ

  • ހިއުމަން ރިސޯސް ޑިވެލޮޕްމަންޓުގެ ދަށުން ޓްރެއިނިންގތަށް އިންތިޒާމުކޮށް ހިންގުމުގެ މަސައްކަތްކުރުން.
  • މުވައްޒަފުންގެ ކެޕޭސިޓީ ޑިވެލޮޕްމަންޓް ޕްލޭން އެކުލަވާލުމުގެ މަސައްކަތުގައި ސީނިއަރ ހިއުމަން ރިސޯސް އޮފިސަރ އަދި ޑިރެކްޓަރގެ ލަފާގެމަތިން ކުރުން.
  • ޕާރފޯމަންސް އިވެލުއޭޝަން ގެ މަސައްކަތްތައް ކުރުމުގައި ސީނިއަރ ހިއުމަން ރިސޯސް އޮފިސަރަށް އެހީތެރިވުން.

އިންވެސްޓިގޭޝަން ޑިޕާޓްމަންޓް

އިންވެސްޓިގޭޝަންސް އޮފިސަރ

01

  • މަސައްކަތާ ގުޅޭ ދާއިރާއިން ބެޗްލާރޒް ޑިގްރީ ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގެންގުޅޭ މިންގަޑުގެ 07 ވަނަ ސަނަދު ހާސިލު ކޮށްފައިވުން އަދި މަޤާމާގުޅޭ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ، 
  • މަސައްކަތާ ގުޅޭ ދާއިރާއިން ޑިޕްލޮމާ ހާސިލުކޮށްފައިވުން ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގެންގުޅޭ މިންގަނޑުގެ 5 ވަނަ ސަނަދު ހާސިލުކޮށްފައި ވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއިން 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބަ ލިބިފައިވުން ނުވަތަ ކޮމިޝަންގެ އެސިސްޓަންޓް އޮފިސަރުގެ މަޤާމުގައި މަދުވެގެން 5 އަހަރު އުޅެ މަސައްކަތުގެ ފެންވަރު ވަޒަންކޮށް އެވަރޭޖް %90 މާރކްސް ލިބިފައިވުން

ހެނދުނު 8:00 އިން މެންދުރުފަހު 15:00 އަށް،

 

މަހަކު -/10,550 ރުފިޔާ

  • ހުށަހެޅޭ މައްސަލަތައް ޑިރެކްޓަރުގެ ލަފާގެ މަތިން ތަޙުޤީޤުކޮށް ބެލުން.
  • ތަޙުޤީޤުތަކާ ގުޅިގެން ކުރަންޖެހޭ އެކިއެކި ދިރާސާތައްކުރުމުގައި ހޯދަންޖެހޭ މަޢުލޫމާތު ހޯދުން.
  • ކޮމިޝަންގެ ޓޯލްފްރީ ފޯނަށް އަންނަ ކޯލްތަކަށް ޖަވާބުދިނުމާއި އެކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

 

ނޯޓް: ފުރަތަމަ 3 މަސްދުވަހުގެ ޕްރޮބޭޝަނަށްފަހު، ވަޒީފާ ދާއިމީވުމުން މުސާރައިގެ އިތުރުން ކޮންމެ މަހަކު ލިވިންގ އެލަވަންސްގެ ގޮތުގައި -/3,000 ރުފިޔާ  އަދި ސަރވިސް އެލަވަންސްގެ ގޮތުގައި -/3500 ރުފިޔާ ކަނޑައެޅިފައިވާ އުސޫލުން ލިބޭނެއެވެ. މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. މިމަޤާމަށް ކޮމިޝަނުގެ މުވައްޒަފަކު ކުރިމަތިލާކަމުގައި ވީނަމަވެސް 3 މަސްދުވަހުގެ ޕްރޮބޭޝަން ޕީރިއެޑް ގުނޭނެއެވެ. އެހެންނަމަވެސް އެހެނިހެން އެލަވަންސްތައް މެދުނުކެނޑި ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި: މިކޮމިޝަންގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުންނާއި މި ކޮމިޝަނުގެ ވެބްސައިޓް www.hrcm.org.mv އިން ލިބެންހުންނާއެވެ.) ވަނަވަރު، ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށް، އަސްލާއެއްގޮތްކަމުގެ ތައްގަނޑު ޖަހާފައި)، އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޕޮޓޯކޮޕީ.

ސުންގަޑި: 2015 މޭ 14 ވާ ބުރާސްފަތި ދުވަހުގެ 13.30 ގެ ކުރިން. (ވަޒީފާއަށް އެދި ފޮނުއްވާ ސިޓީ އާއި ތަކެތި ބަލައިގަންނާނީ ހިއުމަން ރައިޓްސް ކޮމިޝަނުގެ ކައުންޓަރުންނެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ, 3003173، 3003168 ނަންބަރުގެ ފޯނަށެވެ.

14 ރަޖަބު 1436

03 މޭ 2015
ހޯދާ