މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
70 މީހުންނަށް ސައާއި ކެއުން ތައްޔާރު ކޮށްދެއްވާނެ ފަރާތެއް ހޯދަން

މި މިނިސްޓްރީގެ ފަރާތުން (16 މޭ 2015) ވާ ހޮނިހިރު ދުވަހު ސްޓެލްކޯގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ، ޓްރެއިނިންގ ޕްރޮގްރާމްގައި 70 މީހުންނަށް ސައާއި ކެއުން ތައްޔާރު ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 11 މޭ 2015 ވާ ހޯމަ ދުވަހުގެ 14:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 13 މޭ 2015 ވާ ބުދަ ދުވަހުގެ 14:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެކަމުގައި ދެންނެވީމެވެ.

‏23 ރަޖަބު 1436

05 މޭ 2015
ހޯދާ