ދިވެހިރާއްޖެ
އިޢުލާން
ކޮންޓްރެކްޓްކޮށް މަސައްކަތްކޮށްދޭނެ މުވައްޒަފުން ބޭނުންވެއްޖެ:
ސްކޫލްތަކުގައި ބީޓެކް ޕްރޮގްރާމުގެ ސްޕޯޓްސް ކޯސްތައް ކުރިއަށްގެންގޮސް، އެ ކޯސްތައް ހިންގުމަށްޓަކައި 20 ނޮވެމްބަރ 2015 ގެ ނިޔަލަށް މަސައްކަތްކޮށްދޭނެ، ތިރީގައިމިވާ ޝަރުޠުތައް ފުރިހަމަވާ 2 މީހުން ބޭނުންވެއްޖެއެވެ. މި މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް (ކޮންމެ 7 ގަޑިއިރަށް) -/296 ރުފިޔާގެ އުޖޫރައެއް ދެވޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތް ކުރުވަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ މަސައްކަތަށް ފައިސާ ލިބޭނެއެވެ. އާއްމުގޮތެއްގައި މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ، ރަސްމީ ގަޑިކަމުގައިވާ ހެނދުނު 8:00 ން މެންދުރުފަހު 15:00 އަށެވެ.
މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠު:
މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާ އިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، ހަޔަރ ސެކަންޑްރީ ސެޓްފިކެޓުގެ 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
ސުންގަޑި:
މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 މެއި 13 ވަނަ ދުވަހުގެ 14:30 ގެ ކުރިން، ތަޢުލީމީ ސެޓްފިކެޓްތަކާއެކު، ލިޔުމަކުން ހުށަހެޅުން އެދެމެވެ.
އިންޓަވިއު ކުރުން:
ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީ، 2015 މެއި 14 އާއި 18 އާ ދެމެދުގެ ތާރީޚެއްގައެވެ.
ށ. އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.
ނޯޓް:
- މި ޢިއުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މިނިސްޓްރީގެ 3341422 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
- މަސައްކަތްތައް ރަނގަޅަށް ކޮށް، މަސައްކަތްތައް ދުވަހުން ދުވަހަށް ނިންމާނަމަ، ކޮންޓްރެކްޓުގެ މުއްދަތު އިތުރު 3 މަސްދުވަހަށް އިތުރުކުރެވޭނެއެވެ.
14 ރަޖަބު 1436