މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ވަގުތީ މުވައްޒަފުން ހޯދުމަށް

އިޢުލާން

ކޮންޓްރެކްޓްކޮށް މަސައްކަތްކޮށްދޭނެ މުވައްޒަފުން ބޭނުންވެއްޖެ:

މި މިނިސްޓްރީގެ ހިއުމަން ރިސޯސް މެނޭޖްމަންޓް ޑިވިޜަނުން ކުރަމުންދާ ޓީޗިންގ ސަރވިސް އޮފިސަރުންގެ އޮނިގަނޑުން ސްކޫލް ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑަށް ޓީޗަރުންނާއި ލީޑިންގ ޓީޗަރުން ހިޖުރަކުރުމާއި ސްކޫލްތަކުގެ އެކްސެސްވާ ޓީޗަރުންނާ ގުޅޭގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތް 3 މަސްދުވަހުގެ މުއްދަތަށް ކޮށްދޭނެ ތިރީގައިމިވާ ޝަރުޠުތައް ފުރިހަމަވާ 2 މީހުން ބޭނުންވެއްޖެއެވެ. މިމަސައްކަތްކުރާ ކޮންމެ ދުވަހަކަށް (ކޮންމެ 7 ގަޑިއިރަކަށް) -/296 ރުފިޔާގެ އުޖޫރައެއް ދެވޭނެއެވެ. އަދި އިތުރުގަޑީ މަސައްކަތް ކުރުވަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީ މަސައްކަތަށް ފައިސާ ލިބޭނެއެވެ. އާއްމުގޮތެއްގައި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ގަޑިކަމުގައިވާ ހެނދުނު 8:00 ން މެންދުރުފަހު 15:00 އަށެވެ.

މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠު:                                              

- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާ އިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، ހަޔަރ ސެކަންޑްރީ ސެޓްފިކެޓްގެ 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛

- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 1 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީގެ މައިކްރޮސޮފްޓް އޮފީސް ޕެކޭޖް ނުވަތަ ގުޅުންހުރި ދާއިރާއެއްގެ ސެޓްފިކެޓެއް ލިބިފައިވުން.

ސުންގަޑި:

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 މެއި 13 ވަނަ ދުވަހުގެ 14:30 ގެ ކުރިން، އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި، ވަޒީފާގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީއާއެކު، ލިޔުމަކުން ހުށަހެޅުން އެދެމެވެ.

އިންޓަވިއު ކުރުން:

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީ، 2015 މެއި 14 އާއި 18 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ނޯޓް:  

- މި ޢިއުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މިނިސްޓްރީގެ 3341422 ނަންބަރުފޯނަށް ގުޅުން އެދެމެވެ.

-  މަސައްކަތްތައް ރަނގަޅަށް ކޮށް، ދުވަހުން ދުވަހަށް މަސައްކަތް ނިންމާނަމަ، ކޮންޓްރެކްޓުގެ މުއްދަތު 3 މަސްދުވަހަށް އިތުރުކުރެވޭނެއެވެ.

 14 ރަޖަބު 1436

03 މޭ 2015
ހޯދާ