ދުވާފަރު ޕްރައިމަރީ ސްކޫލް
ދިވެހިރާއްޖެ
ސްކޫލް ހެލްތް އޮފިސަރ

އިޢުލާން

 ވަޒީފާގެ ފުރުޞަތު:

މަޤާމު:   ސްކޫލް ހެލްތު އޮފިސަރ

ގިންތި:  ދާއިމީ

މަޤާމް ނަންބަރު: 234078

ވަޒީފާ އަދާކުރަންޖެހޭ ތަން:  ރ. ދުވާފަރު ޕްރައިމަރީ ސްކޫލް

ސެކްޝަން:  އެކަޑެމިކް

ބޭނުނުންވާ އަދަދު: 1 (އެކެއް)

 

މަޤާމުގެ މަޢުލޫމާތު:

މަޤާމް

ރޭންކް

ކްލެސިފިކޭޝަން

ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

ސްކޫލް ހެލްތު އޮފިސަރ

 

GS4

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ނުވަތަ؛

- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛

- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

-/5020 ރުފިޔާ

-/1500 ރުފިޔާ

މުސާރައިގެ އިތުރުން ދެވޭ އުޖޫރަތައް: 

ހަމަޖެހިފައިވާ އުސޫލުގެމަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ސެޝަނުގެ ތެރޭގައި ކުދިންނަށް ދިމާވާ ޞިއްޙީ މައްސަލަތަކުގައި އަވަސް ފަރުވާ ދިނުމާއި، ކަނޑައެޅޭ އުޞޫލެއްގެމަތިން ސްކޫލުގެ ހުރިހާ ކުދިންގެ ޢާންމު ޞިއްޙަތު ޗެކްކޮށް، އެކަމުގެ ރިކޯޑް ބެލެހެއްޓުން.
  2. ސްކޫލުގައި ޞިއްޙި ހޭލުންތެރިކަން އިތުރުކުރުމުގެގޮތުން ހިންގޭ ޕްރޮގްރާމްތައް ރާވައިގެން ކުރިއަށްގެންދިޔުން.
  3. ފަސްޓްއެއިޑް ފޮށީގައި އަބަދުވެސް ތަކެތި ހަމައަށް ބެހެއްޓުން.
  4. ފާޚާނާތަކުގެ ސާފުތާހިރުކަން ބަލައި، ފާޚާނާގެ ނިޒާމު ހުރީ ރަނގަޅަށްތޯ ބަލައި ޗެކްކޮށް، ކަމާބެހޭ ފަރާތަށް މަޢުލޫމާތު ދިނުން.
  5. ސްކޫލުގެ ހެލްތު ސްކްރީން ޕްރޮގްރާމް ހިންގައި، ރިޕޯޓް ތައްޔާރުކޮށް ފޮނުވުން.
  6. ފަނީބޭހާއި، ވިޓަމިން އޭ ކެޕްސޫލް ދަރިވަރުންނަށް ދިނުމާއި، އެކަމާގުޅޭ ރިޕޯޓް ތައްޔާރުކޮށްފައި ފޮނުވުން.
  7. ސްކޫލުގެ ބޯފެން ޓެސްޓްކުރުމާއި، ސާފުތާހިރު ބޯފެން ދަރިވަރުންނަށް ލިބެންހުރިތޯ ޗެކްކޮށް ކަށަވަރުކޮށް، ސްކޫލުގެ އިސްވެރިންނަށް އެންގުން.
  8. ދަރިވަރުން ކިޔަވަން މާޙައުލަކީ ސާފު ވައި ލިބޭ، ދަރިވަރުންނަށް ރައްކާތެރި މާޙައުލެއްތޯ ބަލައި ކަށަވަރުކުރުން.
  9. ދަރިވަރުން ކިޔެވުމަށް ކްލާސްރޫމުގެ ތެރޭގައި ބޭނުންކުރެވޭ ވަސީލަތާއި، ކްލާހުގެ ދަރިވަރުންގެ ޞިއްޙަތަށް އެއްވެސް ނުރައްކާތެރި އަސަރެއް ފޯރާފަދަ ވަސީލަތެއްތޯ ބަލައި އެފަރާތާ ވާހަކަދައްކައި ކަމާބެހޭ ފަރާތަށް އެންގުން.
  10. ސްކޫލުގެ ގޯތިތެރެއަކީ އަލިފާނުގެ ހާދިސާތަކާއި އެނޫންވެސް އެފަދަ ހާދިސާތަކުން ރައްކާތެރިވެފައިވާ އަދި އެފަދަ ޙާލަތްތަކުގައި ބޭނުންކުރަންޖެހޭ ވަސީލަތްތައް ހަމައަށް ލިބެންހުރި ތަނެއްތޯ ބަލައި ކަށަވަރުކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • މި މަޤާމަށް މީހަކު ހޮވުމުގައި ބަލާނީ، ތަޢުލީމާއި، ތަމްރީނާއި، މަސައްކަތުގެ ތަޖުރިބާއާއި، މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލުކަމާއި ސިފަތަކަށެވެ.  
  •  މި މަޤާމަށް މީހުން ހޮވުމުގައި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކާ އިންޓަވިއުކުރާނެ ތަނާއި މުއްދަތު:

މި ވަޒީފާއަށް ޝަރުޠުހަމަވާ ފަރާތްތަކުގެ މެދުގައި ބޭއްވޭ އިންޓަވިއު އޮންނާނީ، ސުންގަޑި ހަމަވާ ތާރީޚުގެ 2 ދުވަހުގެ ފަހުން  

ރ. ދުވާފަރު ޕްރައިމަރީ ސްކޫލުގައެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި ވަޒީފާއަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަން ޖެހޭލިޔުންތައް، 2015 މެއި 10 ވާ އާދީއްތަ ދުވަހު މެންދުރު 13:30 ގެ ކުރިން ދުވާފަރު ޕްރައިމަރީ ސްކޫލުގެ އިދާރާއަށް ހުށަހެޅުން އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ހުށަހެޅިދާނެއެވެ. އީމެއިލް އެޑްރަހަކީ [email protected] އެވެ.

ސެޓްފިކެޓްތަކާ ލިޔެކިޔުންތައް އެޓެސްޓްކުރުން:

ވަޒީފާއަށް އެދި ހުށަހަޅާ ހުރިހާ ލިޔެކިޔުންތައް އެޓެސްޓްކުރުން އޮންނާނީ އިންޓަވިއުކުރާ ފަރާތްތަކަށް އެކަންޏެވެ. ވީމާ، އިންޓަވިއުއަށް ހޮވޭ ފަރާތްތަކުން، ހުރިހާ ލިޔެކިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދޭ ފޯމު (މި ފޯމް، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި  މި ސްކޫލުން ލިބެން ހުންނާނެއެވެ.)
  2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި އެހެނިހެން ސެޓިފިކެޓްތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ)
  3. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާގެ ސާބިތުކުރެވޭ، ވަޒީފާ އަދާކުރި އޮފީސްތަކުގެ ލިޔުންތައް.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ކަރިކިއުލަމް ވިޓާ (ފޯނު ނަންބަރާއި އީ މެއިލް އެޑްރެސް އެނގޭނޭހެން)
  5. މުއްދަތު ހަމަނުވާ އައި.ޑީ. ކާޑުގެ ސާފު ފޮޓޯކޮޕީ.
  6. ވަޒީފާގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕްތަކުގެ ލިއުންތަކުގެ ފޮޓޯކޮޕީ.
  7. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފެއް ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 
  8.  ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރާ ފަރާތްތަކަުން އެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި، މަސައްކަތުގެ އަޚްލާޤު ހުރިގޮތް ބަޔާންކޮށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފު މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީއާއި މަސައްކަތުގެ އުޅުމާއި އަޚްލާޤު ހުރިގޮތް ބަޔާންކުރާ ފޯމް" (ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަކުވެސް މި ފޯމް ހުށަހަޅައިފިނަމަ، ފޯމުގައިވާ ބައިތަކަށް ދޭންޖެހޭ ޕޮއިންޓެއް ނުދެވޭނެއެވެ.)

ނޯޓް: ތަޖުރިބާގެ މުއްދަތު ގުނާނީ، ސީވީގައި ބަޔާންކޮށްފައިވާ ތަންތާނގައި ވަޒީފާ އަދާކޮށްފައިވާކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ.

އިތުރު މަޢުލޫމާތު:

މި  އިޢުލާނާ  ގުޅިގެން  މައުލޫމާތު  ސާފުކުރުމަށް  ގުޅާނީ،  ދުވާފަރު  ޕްރައިމަރީ  ސްކޫލުގެ  6582703  ނަންބަރު ފޯނާއެވެ.  ނުވަތަ  7655872  ނަންބަރު  މޯބައިލް  ފޯނަށެވެ. ފެކްސް ނަންބަރަކީ  6582704 އެވެ.  އީމެއިލް ކުރާނީ [email protected] އަށެވެ.

 11 ރަޖަބު 1436

30 އޭޕްރިލް 2015
ހޯދާ