ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަސައްކަތު

މަޤާމް:

އެސް. އެސް 1

ރޭންކް:

ސަޕޯޓް ސްޓާފް ގްރޭޑް 1  

ކްލެސިފިކޭޝަން:

ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ

އޮފީސް / އިދާރާ:

ކޯޕަރޭޓް އެފެއާޒް

ސެކްޝަން:

ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

3100.00 ރުފިޔާ

މުސާރަ:

1000.00 ރުފިޔާ

ސަރވިސް އެލެވަންސް:

1 (އެކެއް)

ބޭނުންވާ އަދަދު:

 ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ލިބިފައިވުން.

މަޤާމުގެ ޝަރުޠުތައް:

- ކައުންސިލް އިދާރާގެ ގޯތިތެރެއާއި ވަށައިގެންވާ މަގުތައް ކުނިކަހައި ސާފުކޮށް ބެލެހެއްޓުމާއި، ގޯތިތެރޭގައި ގަސް އިންދައި ހެއްދުމަށް މަސައްކަތްކުރުމާއި، ގަސްތަކަށް ފެންދިނުމާއި، ގަސްތައް ކޮށައި ބެލެހެއްޓުން.

- ކައުންސިލްގެ އިދާރާގައި ދައުލަތުގެ ދިދަ ޤަވާޢިދުން ނަގައި ތިރިކުރުމާއި، އެކިއެކި މުނާސަބަތާ ގުޅިގެން ދައުލަތުގެ ދިދަ ޖެހުމަށް ކައުންސިލުން އަންގާ ތަންތަނުގައި ދިދަ ޖަހައި ޒީނަތްތެރިކުރުން.

- ކައުންސިލްގެ އިދާރާއަށް ހާޒިރުކުރަންޖެހޭ މީހުން އިދާރާއަށް އައުމަށް އެންގުމާއި، އިދާރާއިން ޢާއްމުކުރަންޖެހޭ ލިއުންތަކާއި އިޢުލާނުތައް ޢާއްމުންނަށް ފެންނަގޮތަށް ނޯޓީސް ބޯޑުގައި ބެހެއްޓުމާއި، މުއްދަތު ހަމަވާ ލިޔުންތައް ނޯޓިސް ބޯޑުން ނެގުމާއި،  ހަފުތާއަކު އެއްފަހަރު ނޯޓިސް ބޯޑު ސާފުކުރުން.

- ކައުންސިލް އިދާރާގެ ހުރިހާ ދޮރުތަކެއްގައި ހުންނަ ހިރަފުސްތައް ސާފުކުރުމާއި، ތަޅުމުގައި މޮޕްލައިގެން ސާފުކުރުމާއި، ދޮރުތަކަށް ލައްވާފައިވާ ބިއްލޫރިތައް ސާފުކުރުމާއި، ދޮރުތަކުގައި ދަމާފައިވާ ދޮރުފޮތިތައް ދޮވުން.

- ކައުންސިލް އިދާރާގެ ފަރުނީޗަރުތަކާއި މެސިނަރީތަކުގައި ހަރުލާ ހިރަފުސްތައް ފޮޅައި ސާފުކުރުން.

- ކައުންސިލްގެ އިދާރާއަށް މާލެއިންނާއި އެހެނިހެން ރަށްރަށުން ގެންނަ ތަކެތި އެތަކެއްޗެއް ގެނައި އުޅަނދަކުން ބޭލުމުން ފަރުވާތެރިކަމާއެކު އެއެއްޗެއް ގެންދަންޖެހޭ ތަނަކަށް ގެންދިއުން.

- ކައުންސިލް އިދާރާގެ ފާޚާނާތައް ދުވާލަކު އެއްފަހަރު ރަނގަޅަށް ސާފުކޮށް ބެލެހެއްޓުން.

- މަސައްކަތަށް ނިކުމެ ކޮންމެ ދުވަހަކު އިދާރާގެ އެއަރކޮންޑިޝަންތައް ޖައްސައި،  ރަސްމީގަޑި ނިމުމުން ކޮންމެހެން ނިންވަންޖެހޭ ދިއްލުންތައް ނިންވުމާއި، އިމާރާތުގައި ހަރުކޮށްފައިވާ އެއަރކޮންޑިޝަންތަކުގެ ފިލްޓަރ (ދާގަނޑު) މަހަކު އެއްފަހަރު ސާފުކުރުން.

- އިމާރާތުގައި ހަރުކޮށްފައިވާ ދިއްލުމެއް އަނދައިފިނަމަ، އަނދާފައިވާ ދިއްލުމުގެ ބަދަލުގައި އާ ދިއްލުމެއް ހަރުކުރުން.

- ކައުންސިލްގެ އިދާރާގައި ބަހައްޓާފައިވާ ޑަސްބިންތަކުގައި ހުންނަ ކުނިތައް ރައްކާތެރިކަމާއެކު އެންދުން.

- ކައުންސިލްގެ އިދާރާގެ ބެލުމުގެދަށުގައިވާ އިމާރާތުގެ ކޮޓަރިއެއް ކުއްޔަށް ދިނުމަށް ހަމަޖައްސައިފިނަމަ އެ ކޮޓަރިއެއް ކުއްޔަށް ދިނުމުގެ ކުރިން ކޮޓަރިއާއި ފާޚާނާއާއި ފަންކާ ނުވަތަ އެއަރކޯން ރަނގަޅަށް ސާފުކުރުމާއި، ކޮޓަރީގެ އެނދުގައި ބެޑުސީޓްއަޅައި ކޮޓަރި ތައްޔާރުކުރުމާއި، ކޮޓަރި ކުއްޔަށްހިފި ފަރާތް ކޮޓަރި ދޫކޮށްލާއިރު އެ ކޮޓަރީގެ ތަޅުދަނޑި ހޯދައި ކައުންސިލްގެ އިދާރާއާ ހަވާލުކުރުން.

- ވާރޭވެހޭ ދުވަސްވަރުގައި ކައުންސިލްގެ އިދާރާގެ ފުރާޅާއި ދިޔަދޮވި ރަނގަޅަށް ދޮވެސާފުކޮށް، ވާރޭފެން ނެގުމަށް ބަހައްޓާފައިވާ ހަމަށް ވާރޭފެން ނެގުމާއި، އެއްޗެއް ނުވެއްޓޭނެގޮތަށް ފެންހަން ރަނގަޅަށް މަތިޖަހައި ބަންދުކުރުން.

- ކައުންސިލްގެ ފަރާތުން ރައްޔިތުންނާ ބައްދަލުކުރުމަށް ނިންމައި ރައްޔިތުންނަށް އެކަން އަންގަން ހަވާލުކޮށްފިނަމަ، އެތަނަކަށް ހާޒިރުވުމަށް ރައްޔިތުންނަށް އެންގުމާއި، އެކިއެކި ކޮމިޓީތަކަށް ކިއުމާއި، ޖަލްސާތަކަށް ކިޔައި، ބައްދަލުވުން ބާއްވާތަން ސާފުކޮށް ގޮނޑިޖެހުމާއި، ބައްދަލުވުން ނިމުމުން ގޮނޑިތައް ނެގުން.

- ރާއްޖޭގައި ޤައުމީ ފެންވަރުގައި ފާހަގަކުރަމުންދާ މުނާސަބަތުތަކާއި އޮފީހުގެ ފަރާތުން ބާއްވާ އެކިއެކި ޙަފްލާތަކާއި ރަސްމިއްޔާތުތަކުގައްޔާއި، ކައުންސިލްގެ ފަރާތުން ރައްޔިތުންނާއެކު ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ މާޙައުލުގައި ވެރިންނާ މުވައްޒަފުންގެ މެދުގައި އޮންނަންވާ ގުޅުން ބަދަހިކޮށް އެކުވެރިކަން އާލާކުރުމަށް ކުރެވޭ އެކިއެކި ކަންތައްތަކުގައި ބައިވެރިވުމާއި، ކައުންސިލުގެ އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ވަޒީފާގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައްކުރުން.

 

 

 

 

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

 

 

 

- ވަޒީފާގެ ޝަރުތު: ވަޒީފާއަށް ކަނޑައެޅިފައިވާ ޝަރުޠު ފުރިހަމަވުން.

- ތަޢުލީމާއި ތަމްރީން: ލިބިފައިވާ އިތުރު ތަޢުލީމާއި، ވަޒީފާއާ ގުޅުންހުރި ކުރުމުއްދަތުގެ ތަމްރީނުތައް.

- މަސައްކަތުގެ ތަޖުރިބާ: ވަޒީފާއާ ގުޅުންހުރި ތަޖުރިބާއާއި، އެހެނިހެން ތަޖުރިބާ.

- މަސައްކަތުގެ ހުނަރާއި، ޤާބިލްކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް: އިންޓަވިއުގައި ސާބިކޮށްދިނުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2015 މެއި 6 އާއި 14 އާ ދެމެދު ބުރުނީ ކައުންސިލްގެ އިދާރާގައެވެ. 

އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮއްނާނެ ތަނާއި، މުއްދަތު:

2015 މެއި 5 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން، ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާއަށް ފޯމު ހުށަހެޅުން އެދެން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

- ބަންދު ދުވަސްތަކުގެ އެލަވަންސް.

- ހަމަޖެހިފައިވާ އެހެނިހެން އެލަވަންސް.

- ބޭސްފަރުވާގެ ޚިދުމަތް.

- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދޭ ޕެންޝަން ކޮންޓްރިބިއުޝަން.

 

އުޖޫރައާއި ޢިނާޔަތްތައް:

- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް، ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާއިން  ލިބެން ހުންނާއެވެ.)

- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (ސަނަދުތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީ)

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

- ސްކޫލުގައި އުޅެފައިވާނަމަ، ލީވިންގ ސެޓްފިކެޓްގެ ކޮޕީ.

- ސިވިލް ސަރވިސް ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމް

  • ހުށަހަޅާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ލިޔުންތަކާއި، އައިޑީކާޑުގެ ކޮޕީ އޮންނަންވާނީ  އެޓެސްޓް ކުރެވިފައެވެ. (އިންޓަވިއުއަށް ހާޒިރުވާއިރު، މި ލިއުންތަކުގެ އަސްލު ގެންނަންވާނެއެވެ.)

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6780038 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ 6780038 އެވެ. އީ މެއިލް ކުރާނީ [email protected] އަށެވެ.

އިތުރު މަޢުލޫމާތު:

7 ރަޖަބު 1436

26 އޭޕްރިލް 2015
ހޯދާ