ލަންދޫ ސްކޫލް، ނ. ލަންދޫ
ދިވެހިރާއްޖެ
މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް ތިރީގައި މިދަންނަވާ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.   

1. ދަގަނޑު ޓެންޓެއް

2. ދަގަނޑު ސްޓޭޖެއްގެ ފުރޭމެއް

3. ސްކްރީން (ދަގަނޑު) ފުރޭމެއް

މި މަސައްކަތްތައް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މަޢުލޫމާތު ސާފުކުރައްވަވާ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

  • މަޢުލޫމާތު ސާފުކުރުން:

    4 މޭ 2015 ވާ ހޯމަ ދުވަހުގެ 10:30 ގައި ލަންދޫ ސްކޫލުގެ އޮފީސްރޫމުގައި.

  • އަންދާސީހިސާބު ހުށަހެޅުން:

    10 މޭ 2015 ވާ އާދީއްތަ ދުވަހުގެ 10:30 ގައި ލަންދޫ ސްކޫލުގެ އޮފީސްރޫމުގައި.

  • އަންދާސީހިސާބު އިވެލުއޭޓްކުރުމުގައި ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތް:

#

ޕޮއިންޓްދިނުމުގައި ބެލެވޭނެ ކަންތައް

ޕޮއިންޓް

1

މަސައްކަތުގެ އަގަށް

50

2

މަސައްކަތުގެ މުއްދަތަށް

25

3

މާލީ ތަނަވަސްކަމާއި ފަންނީ ޤާބިލުކަމަށް

10

4

މަސައްކަތުގެ ތަޖުރިބާއަށް

15

 

ޖުމްލަ: (ސަތޭކަ)

100

އަންދާސީހިސާބު ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީހިސާބު ހުށަހަޅުއްވާ ބޭފުޅުންގެ ކުރިމަތީގައި އަންދާސީހިސާބު ކޮމެޓީގެ މެމްބަރުންގެ ހާޒިރުގައެވެ. އަދި ދެންނެވިފައިވާ ގަޑިއަށް ހާޒިރުވެނުލައްވާ ބޭފުޅުންނަށް މަޢުލޫމާތު ސާފުކޮށްދެވޭކަށް ނޯންނާނެއެވެ. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބާއި މަޢުލޫމާތު ސާފުނުކުރައްވާ ބޭފުޅުންގެ އަންދާސީހިސާބުތައް ބަލައިގަނެވެންނޯންނާނެ ވާހަކަ ދަންނަވަމެވެ. އެއްގުރޫޕަކުން ނުވަތަ އެއްކޮމްޕެނީއަކުން ދެއަންދާސީހިސާބު ހުށަހަޅާފައިވާނަމަ އެދެއަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ. ޕެންޑްރައިވް ނުވަތަ ސީ،ޑީ ގެންނަ ފަރާތްތަކަށް އަންދާސީހިސާބު މަޢުލޫމާތު އެރުވޭނީ ސޮފްޓްކޮޕީ ހިލެއެވެ. އަންދާސީހިސާބު މަޢުލޫމާތު ޕެކޭޖެއްގެ ހާޑްކޮޕީ ބޭނުންފުޅުވާނަމަ އަގަކީ -/10 (ދިހައެއް) ރުފިޔާއެވެ.

13 ޖުމާދަލްއާޚިރާ 1436

30 އޭޕްރިލް 2015
ހޯދާ