މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ކުދިންބަލަހައްޓާ

މި މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުން ހިނގަމުންދާ އޮފީސްތަކުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި، ޤާބިލު މީހުންނެވެ.

އޮފީސް

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ (ކުޑަކުދިންގެ ހިޔާ، ވިލިމާލެ)

މަޤާމު

ކުދިންބަލަހައްޓާ (ވަގުތީ) 3 މަސް ދުވަހަށް

ބޭނުންވާ އަދަދު

06

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް1

ރޭންކް:SS1

މުސާރަ

މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން

ކުޑަކުދިންގެ ހިޔާ، ވިލިމާލެ

ތަޢުލީމާއި ތަޖުރިބާ

ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު /ޤާބިލުކަން ލިބިފައިވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ކުޑަކުދިންގެ ހިޔާ/ އަމާން ހިޔާގައި، ތިބޭ ކުދިންގެ އެންމެހައި ކަންތައްތައް (ކާންބޯންދިނުމާއި، ފެންވެރުވުމާއި، ސްކޫލަށް ގެންދިއުން ފަދަ) ބެލެހެއްޓުން.

ޢިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ )އެކްރިޑިޓް ނުކުރާ ސެޓްފިކޭޓް ހުށަހެޅި ކަމުގައިވިއަސް ބާޠިލުވާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކިޔަންއެނގޭ ސާފު ކޮޕީ
  • ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ވަޒީފާގެ ދާއިރާއާއިގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވި ކަމުގެ ލިއުންތައް.
  • ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާއަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ލިޔުމެއް.

ސުންގަޑި

2015 މޭ 05 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ (ހުރަވީ ބިލްޑިންގު ގެ ފުރަތަމަ ފަންގިފިލާ)/ ކުޑަކުދިންގެ ހިޔާއަށް

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: 

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ (ހުރަވީ ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާގައި/ މޭ މަހުގެ ތެރޭގައި)

އިތުރު މަޢުލޫމާތު

މިވަޒީފާތަކަށް މީހުން ނެގުމުގައި 25 އަހަރާއި 45 އަހަރާއި ދެމެދުގެ އުމުރުފުރައިގެ މީހުންނަށް އިސްކަން ދެވޭނެއެވެ.

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3013017 އެވެ. ވަޒީފާއަށް އެދޭ ފޯމު މިމިނިސްޓްރީގެ ކައުންޓަރުންނާއި ކުޑަކުދިންގެ ހިޔާއިން ލިބެން ހުންނާނެއެވެ.

16 އޭޕްރިލް 2015
ހޯދާ