ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ޖެނެރަލް ސެކްރެޓަރީ

މި އެސޯސިއޭޝަންގެ މިދަންނަވާ މަޤާމަށް މީހަކު ބޭނުން ވެއްޖެއެވެ.

މަޤާމު: ޖެނެރަލް ސެކްރެޓަރީ

މުސާރަ: -/6،000 ރުފިޔާ

ސާރވިސް އެލަވަންސް: -/2000 ރުފިޔާ

ފެންވަރު ނުވަތަ ޝަރުޠު:

  • ޖީ.ސީ.އީ އޭ ލެވަލް އިން އިނގިރޭސިއާއެކު 3 މާއްދާއިން ފާސްވެފައިވުން ނުވަތަ އެމް ކިޔޫ އޭ އިން އެޕްރޫވް ކޮށްފައިވާ މެނޭޖްމަންޓްގެ ދާއިރާގެ ޑިޕްލޮމާއެއް ހޯދާފައިވުން އަދި ކޮމްޕިއުޓާރ ބޭސިކް/މައިކޮރޯ ސޮފްޓް އޮފީސް އެނގުން.
  • އޮފީސް ހިންގުމާއި ކުޅިވަރުގެ ހަރަކާތް ހިންގުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. އަދި މިރޮނގުން ބެލުމަށްފަހު އިތުރު އެލަވަންސް ހަމަޖެއްސިދާނެއެވެ.

ވީމާ، މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ބޭފުޅުން 7 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން ސީ.ވީ، އައި.ޑީ ކާޑް ކޮޕީ، ޕޮލިސް ރިޕޯޓު އަދި އެކްރެޑިކް ކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީމިއެސޯސިއޭޝަންގެ އޮފީހަށް ފޮނުވުންއެދެމެވެ.

އީމެއިލް ކުރައްވާނީ: [email protected]

22 އޭޕްރިލް 2015
ހޯދާ