މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ކޮންސްޓްރަކްޝަން އެވެއަރނަސް ޗެލެންޖާ ގުޅޭ

މި މިނިސްޓްރީގެ ފަރާތުން  28-30 މޭ 2015 އަށް ބާއްވާ ކޮންސްޓްރަކްޝަން އެވެޔަރނަސް ޗެލެންޖުގެ އިވެންޓް ރާވައި ހިންގާނެ ބަޔަކު ހޯދަން ބޭނުންވެއެވެ. މި އިވެންޓް ރާވައި ހިންގާ ފަރާތަކުން ދެދުވަހުގެ ކޭޓްރިންގއާއި މި މިނިސްޓްރީން ދެއްވާ އިރުޝާދާ އެއްގޮތަށް އެގްޒިބިޓްސް ޑިސްޕްލޭ ކުރުމުގެ އިންތިޒާމު ހަމަޖައްސައިދިނުން ހިމެނެއެވެ.

ވީމާ، މިމަސައްކަތްކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގޮތުގެ މަތިން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މި އޮފީހަށް އަގު ހުށަހަޅުއްވައިދެއްވުން އެދެމެވެ.

ތާރީޚު

ވަގުތު

ތަފުސީލު

30 އެޕްރީލް 2015 ބުރާސްފަތި

14:00 - 8:30

މަޢުލޫމާތުޝީޓު ދޫކުރުން (މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރކްޗަރގެ ކައުންޓަރުން)

07 މޭ 2015 ބުރާސްފަތި

11:00

އަގު ހުށަހެޅުއްވުން

އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ.

03 ރަޖަބު 1436

22 އޭޕްރިލް 2015
ހޯދާ