ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބާ ހުކުރު މިސްކިތުގެ ފުރާޅުގެ ޓިނު ނަގައި މަތިވަޑާންގަނޑު މަރާމާތުކުރުމަށްފަހު އާ ޓިނުޖެހުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ:

ދ.ކުޑަހުވަދޫ ބާ ހުކުރު މިސްކިތުގެ ފުރާޅުގެ ޓިނު ނަގައި މަތިވަޑާންގަނޑު މަރާމާތުކުރުމަށްފަހު އާ ޓިނުޖެހުމަށް މިއިދާރާއިން ބޭނުންވާތީ، އެމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. އަދި މަސައްކަތާގުޅޭ އިތުރު މަޢުލޫމާތު ތިރީގައި މިވަނީއެވެ.

  • މަސައްކަތްތައް

1- މުޅި ފުރާޅުގެ ޓިނު ނަގައި މަތިވަޑާންގަނޑު މަރާމާތުކުރުމަށްފަހު އާ ޓިނު ޖެހުން

2- ދިޔަދޮވި ހަރުކުރުން

3- ސީލިންގ މަރާމާތުކުރުން

  • މަސައްކަތާ ގުޅިގެން ދެވޭ މަޢުލޫމާތުދިނުން އޮންނާނީ 2015 މޭ 03 ވަނަ ދުވަހުގެ 13:00 ގައި ކުޑަހުވަދޫ މަލްޓިޕާޕޯސް ޢިމާރާތުގައެވެ.
  • އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 2015 މޭ 06 ވަނަ ދުވަހުގެ 13:00 ގައި ކުޑަހުވަދޫ މަލްޓިޕާޕޯސް ޢިމާރާތުގައެވެ.
  • މަޢުލޫމާތު ނުނަގާ ފަރާތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނޭ ލިޔުމެއް ހުށަހަޅަންވާނެއެވެ.
  • ބީލަމުގެ ޞައްޙަކަން މަދުވެގެން 45 ދުވަހަށް އޮންނަންވާނެއެވެ.
  • ކޮންމެ ބޭފުޅަކަށް ހުށަހެޅޭނީ 1 އަންދާސީހިސާބެވެ.
  • މަސައްކަތް ހަވާލުކުރެވޭނީ، އިވެލުއޭޝަން ކޮމެޓީއަކުން ބިޑްތައް އިވެލުއޭޓްކުރުމަށް ފަހުގައެވެ.
  • ބިޑްތައް އިވެލުއޭޓް ކުރުމުގައި މާކްސް ދެވޭނީ ތިރީގައިވާ ކަންކަމަށެވެ.

މަސައްކަތުގެ ޖުމުލަ އަގު

70%

މުއްދަތު

10%

މާލީގޮތުން އެކަން ކުރެވޭފަދަ ފެންވަރު ހުރުން

10%

ފަންނީ ޤާބިލުކަން ހުރި މިންވަރަށް

10%

އިތުރު މަޢުލޫމާތު، މަޢުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.                  

03 ރަޖަބު 1436

22 އޭޕްރިލް 2015
ހޯދާ