ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަހުވަދޫ ފުޓްބޯޅަދަނޑުގައި އިންދާފައިހުރި ވިނަގަނޑަށް ފެންދީ ބަލަހައްޓާނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ:

މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް 6 މަސްދުވަހުގެ މުއްދަތަށް ކުޑަހުވަދޫ ފުޓްބޯޅަދަނޑުގައި އިންދާފައިހުރި ވިނަގަނޑަށް ފެންދީ ބަލަހައްޓާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

  • މި މަސައްކަތާ ގުޅިގެން ދެވޭ މަޢުލޫމާތާއި ފޯމުދޫކުރުން 2015 އެޕްރީލް 30 ވަނަ ދުވަހުގެ 13:00 ގައި މަލްޓިޕާޕަސް އިމާރާތުގައި އޮންނާނެއެވެ.
  • އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 2015 މޭ 02 ވަނަ ދުވަހުގެ 13:00 ގައި ކުޑަހުވަދޫ މަލްޓިޕާޕޯސް ޢިމާރާތުގައެވެ.
  • މަޢުލޫމާތު ނުނަގާ ފަރާތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައެއް ނުގަނެވޭނެއެވެ.
  • ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނޭ ލިޔުމެއް ހުށަހަޅަންވާނެއެވެ.
  • ކޮންމެ ބޭފުޅަކަށް ހުށަހެޅޭނީ 1 އަންދާސީހިސާބެވެ.
  • މަސައްކަތް ހަވާލުކުރެވޭނީ، އިވެލުއޭޝަން ކޮމެޓީއަކުން ބިޑްތައް އިވެލުއޭޓްކުރުމަށް ފަހުގައެވެ.
  • ބިޑްތައް އިވެލުއޭޓް ކުރުމުގައި މާކްސް ދެވޭނީ ތިރީގައިވާ ކަންކަމަށެވެ.

މަސައްކަތުގެ ޖުމުލަ އަގު

80%

ޕްރޮފައިލް (ވަނަވަރު)

20%

އިތުރު މަޢުލޫމާތު، މަޢުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ.

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.            

03 ރަޖަބު 1436

22 އޭޕްރިލް 2015
ހޯދާ