އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ. މާޅޮހު ފަލާޙު މިސްކިތުގެ ދެކުނަށް ފެންޑާއެއް ހެދުމާގުޅޭ

އއ. މާޅޮހު ފަލާޙު މިސްކިތުގެ ދެކުނަށް ފެންޑާއެއް ހެދުމާގުޅޭ:

އއ. މާޅޮހު ފަލާޙު މިސްކިތުގެ ދެކުނަށް ފެންޑާއެއް ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގެ ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 03 މޭ 2015 ވާ އާދީއްތަ ދުވަހުގެ 10:00އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 07 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 10:00އަށް މިއިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައި "އއ. މާޅޮހު ފަލާޙު މިސްކިތުގެ ދެކުނަށް ފެންޑާއެއް ހެދުމަށް އެދި" މިހެން ލިޔެފައެވެ.

މިކަމަށް އަންދާސީހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހު ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރަން އަންނަ ފަރާތްތަކަށެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.     

3 ރަޖަބު 1436

22 އޭޕްރިލް 2015
ހޯދާ