މުޙްޔިއްދީން ސްކޫލް
ދިވެހިރާއްޖެ
ކުއްޔަށް ދިނުން

މި ސުކޫލުގެ ޕީޓީއޭގެ ފަރާތުން ފަންޑްރައިސް ކުރުމުގެ ގޮތުން " ވިލިމަލަސް2015" ގެ ނަމުގައި 30 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހާއި 1 މޭ 2015 އާއި 2 މޭ 2015 ވާ ހުކުރު، ހޮނިހިރު މި ދެދުވަހު ފެެއަރއެެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ފެއާގެ ތެރޭގައި ޖަމްބަލް ސޭލްގެ ސްޓޯލްތައް ހެދުމަށްޓަކައި މޭޒާއި ކްލާސް ރޫމް ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މޭޒެއް 3 ދުވަހަށް ދޫކުރާ އަގަކީ -/1000ރ އެވެ. އަދި ކްލާސްރޫމެއް 3 ދުވަހަށް ދޫކުރާ އަގަކީ 2500ރ އެވެ.         

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 28 އެޕްރީލް 2015 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:30 ގެ ކުރިން ފޯމް ހުށަހަޅުއްވައި ފައިސާ ދެއްކެވުމަށް އެދި ދެންނެވީމެވެ. ފޯމް ލިބިވަޑައިގަންނަވާނީ މުޙްޔިއްދީން ސުކޫލުގެ އިދާރީ އޮފީހުންނެވެ.

 

21 އޭޕްރިލް 2015
ހޯދާ