މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑީޝަލާއި ޕެޓްރޯލް ވިއްކުމަށް ބަނދެފައިވާ ދެތާނގީއާއި ބިން ކޮންޓްރެކްޓް އުސޫލުން 15 އަހަރަށް ކުއްޔަށް ދިނުމަށް ބޭނުންވެއެވެ.

އިޢުލާން

ކައުންސިލްގެ ނަމުގައި ޑީޝަލާއި ޕެޓްރޯލް ވިއްކުމަށް ބަނދެފައިވާ ދެތާނގީއާއި ބިން ކޮންޓްރެކްޓް އުސޫލުން 15 އަހަރަށް ކުއްޔަށް ދިނުމަށް ބޭނުންވެއެވެ. ޑީޝަލް ތާނގީގައި ރައްކާ ކުރެވޭނީ 30000 ލީޓާރ ޑީޝަލް އެވެ. ޕެޓްރޯލް ތާނގީގައި ރައްކާ ކުރެވޭނީ 10000 ލީޓަރެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 އެޕްރީލް 30 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 މޭ 10 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް މިއިދާރާއަށް ހާޒިރުވެދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ ވާހަކަވެސް މިފުރުސަތުގައި ދަންނަވަމެވެ.

2 ރަޖަބު 1436

21 އޭޕްރިލް 2015
ހޯދާ