ފ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މިމަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުހަބާ ދަންނަވަމެވެ. މިވަޒީފާ ތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު

ޑެޕިއުޓީ ލައިބްރޭރިއަން

މަޤާމުގެ ރޭންކް

އެމް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު

01

ގިންތި

ދާއިމީ

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް

ރަމަޟާން މަހުގެ އިނާޔަތް، އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމު އޮތް އޮފީސް

ފ. އަތޮޅު ތަޢުލީމީ މަރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ތަން

ޢަބްދުﷲ އިސްމާޢީލް ލައިބްރަރީ / ފ. އަތޮޅު ތަޢުލީމީ މަރުކަޒު، ފ. ނިލަންދޫ

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން

އިދާރީ

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • ލައިބްރަރީއަކީ ދަރިވަރުން ޝައުޤުވެރިވާފަދަ މާޙައުލަކަށް ހެދުން
  • ލައިބްރަރީގައި ބެހެއްޓިފައި ހުންނަ ފޮތްތަކުގެ އިންވެންޓްރީ ބެލެހެއްޓުން
  • ފޮތްތަކުގެ އެކްސެޝަން ނަންބަރު ޖެހުން
  • ކޮންމެ ހަފްތާއެއް ނިމޭއިރު، އެހަފުތާއެއްގައި މުއްދަތު ހަމަވެ، އަނބުރާ ނުދައްކާހުންނަ ފޮތްތައް ގެންގޮސްފައިތިބި ފަރާތްތަކާމެދު ޢަމަލުކުރަން ހަމަޖެހިފައިވާ ގަވާއިދުގެ މަތިން ޢަމަލުކުރުން.
  • ލައިބްރަރީއަށް ހޯދަންޖެހޭ ތަކެތި، ވެރިންގެ ހުއްދައާއެކު ހޯދުން
  • ލައިބްރަރީއަށް ގެނެވޭ ތަކެތި ކަނޑައެޅިފައިވާ މުއްދަތެއްގައި އެންޓްރީކުރުން
  • ލައިބްރަރީގެ ޚިދުމަތް ދަރިވަރުންނަށާއި މުވައްޒަފުންނަށް ފަސޭހަކަމާއެކު ލިބޭނޭ އިންތިޒާމު ހަމަޖެއްސުން
  • ލައިބްރަރީގައި ހުންނަ ފޮތާއި ޓީޗިންގ އެއިޑްސް ފަދަ ތަކެތީގެ ރަޖިސްޓަރީ ބެލެހެއްޓުން
  • ލައިބްރަރީއަށް ބޭނުންވާ ފޮތްފަދަ ތަކެތީގެ ކޯޓޭޝަން ހޯދުން
  • ލައިބްރަރީގެ ސާފުތާހިރުކަން ބެލެހެއްޓުން
  • ލައިބްރަރީގެ ފޮތްތައް ދޫކުރަން ގަވާއިދެއް ހަދައި، އެގަވާއިދުގެ ދަށުން ދަރިވަރުންނާއި މުވައްޒަފުންނަށް ފޮތްދޫކުރުން.
  • ލައިބްރަރީން ދަރިވަރުންނާއި މުވައްޒަފުންނަށް ދޫކުރެވޭ ތަކެތި އަނބުރާ ގެނޭތޯ ޗެކްކޮށް، ގެނައުމުން، އެތަކެތި

    ބަލައިގަތުމުގެ އިންތިޒާމެއް ހަމަޖެއްސުން.

  • ލައިބްރަރީއަށް ގަންނަން ބޭނުންވާ ފޮތުގެ ލިސްޓެއް ހަދައި، ހަވާލުވެހުންނަވާ ވެރިއަކާއި މަޝްވަރާކޮށް، ބަޖެޓް

    ސެކްޝަނާ ގުޅިގެން މިކަން ކުރިއަށް ގެންދިއުން.

  • ލައިބްރަރީއަށް ގެނެވޭ ފޮތްތަކުގައި ސެލޯފިންލައި، ފޮތްތައް ރީތިކޮށް ބެހެއްޓުމަށް މަސައްކަތްކުރުން
  • ދަރިވަރުންނަށް ލައިބްރަރީ ޕްރޮގްރާމްތައް ހިންގުން
  • ދިރާސީ އަހަރު ނިމުމުގެ ކުރިން ލައިބްރަރީގެ އެންމެހައި ކަންތައްތަކާ ބެހޭގޮތުން ރިޕޯޓެއް ތައްޔާރުކޮށްފައި،

    ލައިބްރަރީގެ ކަންތައްތައް ބަލަހައްޓަވާ ވެރިއަކަށް ހުށަހެޅުން.

ތަޢުލީމާއި ތަޖުރިބާ

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 04 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 02 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަޑުގެ ލެވެލް 05 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަޑުގެ ލެވެލް 04 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 04 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް

    ހާސިލުކޮށްފައިވުން.

މަޤާމު

ކެމިސްޓްރީ ޓީޗަރ (ސެކަންޑަރީ)

ބޭނުންވާ އަދަދު

01

ގިންތި

ދާއިމީ

މަޤާމު އޮތް އޮފީސް

ފ.އަތޮޅު ތަޢުލީމީ މަރުކަޒު

ވަޒީފާއަދާކުރަންޖެހޭ ތަން

ފ.އަތޮޅު ތަޢުލީމީ މަރުކަޒު، ފ.ނިލަންދޫ

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން

އެކަޑަމިކް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ސެމިސްޓަރގެ ކިޔެވުން ނިމި ބަންދުވުމުގެ ކުރިން ކުރިއަށް އޮތް ސެމިސްޓަރގެ ސްކީމްތައް މުޤައްރަރާ އެއްގޮތަށް ތައްޔާރުކޮށް، ސޮފްޓްކޮޕީ ސްޕަވައިޒަރާ ހަވާލުކުރުން
  • ސްކީމާ އެއްގޮތަށް ލެސަންޕްލޭން ތައްޔާރުކޮށް ކުރިއަށްއޮތް ހަފުތާގެ ލެސަންޕްލޭންތަކުގައި އެހަފުތާގެ އާދީއްތަ ދުވަހުގެ ސެޝަން ފެށުމުގެ ކުރިން ސްޕަވައިޒަރު ލައްވައި ސޮއިކުރުވުން
  • ޓައިމްޓޭބަލްގައިވާ ގޮތަށް ގަޑިތައް ނެގުމާއި ރިލީފް ގަޑި ހަވާލުކުރުމުން ނެގުން
  • ކިޔަވައިދިނުމަށްފަހު ކްލާސް ރެކޯޑުފޮތް ފުރިހަމަކުރުން. ކުލާސް ޓީޗަރެއްނަމަ ކުލާސް ހާޒިރީ ކޮންމެ ދުވަހަކުވެސް

    ސެޝަން ނިމުމުގެ ކުރިން ފުރިހަމަކުރުން. އަދި މަސް ނިމުމުން މަސްދުވަހުގެ ހާޒިރީ ރިޕޯޓު ނިންމުން.

  • އޮފީހުން އަންގާ ތާރީޚެއްގެ ކުރިން ކޮންމެ ސެމިސްޓަރއެއްގެ ޓެސްޓް ނިމުމުން ދަރިވަރުންގެ ރިޕޯޓުފޮތްތައް ފުރިހަމަކުރުން
  • ތާވަލުކުރެވިފައިވާ ތާރީޚުތަކަށްް ކިޔަވައިދޭ މާއްދާއިން ޓެސްޓް ޕޭޕަރުތައް ތައްޔާރުކޮށް، ސޮފްޓްކޮޕީ ޑިޕާޓްމަންޓްގެ ވެރިޔާއާ ހަވާލުކުރުން. ކުދިންނަށް ދެވޭ ޓެސްޓްތަކުގެ ރެކޯޑު ބެލެހެއްޓުން. އަދި ނަތީޖާއަށް ބަލާފައި އިތުރު އެހީއަށް ބޭނުންވާ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުން
  • ސްކޫލުން ރާވާ ހިންގާ ޕްރޮގްރާމްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.
  • ޕްރޮފެޝަނަލް ޑިވެލޮޕްމަންޓްގެ 15 ގަޑި ހަމަކުރުން

މަޤާމުގެ ނަން

ކްލެސިފިކޭޝަން

ސިވިލްސަރވިސް ރޭންކް

އަސާސީ ޝަރުޠު

ސީނިއަރ ޓީޗަރ

ސްކޫލް ޓީޗަރސް

CS15-5

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-4 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް،

މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން

މާކްސް ލިބިފައިވުން.

CS15-4

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-3 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް،

މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން

މާކްސް ލިބިފައިވުން.

CS15-3

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-2 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް،

މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން

މާކްސް ލިބިފައިވުން.

CS15-2

  • ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައި އޮތުމާއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކޮށްފައިވުން. ނުވަތަ،
  • ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ގެ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައި އޮތުމާއެކު ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކޮށްފައިވުން،

ޓީޗަރ

ސްކޫލް ޓީޗަރސް

CS13-5

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 4 CS13-ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް،

މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން

މާކްސް ލިބިފައިވުން.

CS13-4

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 3 CS13-ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް،

މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން

މާކްސް ލިބިފައިވުން.

CS13-3

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 2 CS13-ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް،

މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން

މާކްސް ލިބިފައިވުން.

CS13-2

ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ކިޔަވައިދޭ މާއްދާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ

އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް  ހާސިލުކޮށްފައިވުމާއެކު ސަނަދުތައް މޯލްޑިވްސް

ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކޮށްފައިވުން، ނުވަތަ

ޓީޗަރ

ސްކޫލް ޓީޗަރސް

CS11-5

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 4-CS11 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް،

މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން

މާކްސް ލިބިފައިވުން އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުޠު

ފުރިހަމަވުން.

CS11-4

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS11-3 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް،

މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން

މާކްސް ލިބިފައިވުން.

CS11-3

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS11-2 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް،

މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން

މާކްސް ލިބިފައިވުން.

CS11-2

ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ

ސަނަދެއް ހާސިލުކޮށްފައިވުމާއެކު ސަނަދު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން

ވެލިޑޭޓްކޮށްފައިވުން.

މިވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށްޓަކައި ބެލެވޭނެ ކަންތައްތައް

  • ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު
  • މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
  • މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް

ހުށަހަޅަންޖެހޭ ތަކެތި

  • ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ސިވިލް ސަރވިސްގެ

    ވެބްސައިޓުންނާއި، ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

  • ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް

    މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު

    އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް

  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

މަޤާމަށް ކުރިމަތިލުމުގެ މުއްދަތާއި ކުރިމަތިލާނެ ގޮތް:

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، 2015 އެޕްރީލް 28 ވާ އަންގާރަ ދުވަހުގެ މެންދުރުފަހުގެ 13:00 ގެ ކުރިން، މަތީގައި ދެންނެވިފައިވާ ތަކެތި މިމަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ.

މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން

  • މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ 2015 މޭ 03 އާއި 06 އާ ދޭތެރޭގައި މިމަރުކަޒުގެ އޮފީހުގައެވެ.
  • އިންޓަރވިއުއަށް ހާޒިރުވާއިރު މަޤާމަށް އެދި ހުށަހަޅާފައިވާ ސެޓުފިކެޓުތަކާއި ލިޔުންތަކުގެ އަސްލު އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ.
  • ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު ޝޯޓްލިސްޓްކުރެވޭނެއެވެ. އަދި އިންޓަރވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ.

އިތުރު މަޢުލޫމާތު

  • މިމަޤާމަށް ކުރިމަތިލާ ފަރާތަކީ އުމުރުން 55 އަހަރުވެފައިވާ ފަރާތަކަށް ވެގެން ނުވާނެއެވެ.
  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ހުށަހެޅުންތަކާއި، އެޓޭޗްކުރަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތަކާއި، ފުރިހަމަނުކޮށް ހުށަހަޅާ ލިޔުންތައް ބާޠިލުކުރެވޭނެއެވެ.
  • އެކްރެޑިޓްނުކޮށް ހުންނަ ސެޓުފިކެޓުތަކާއި ލިޔުންތަކަށް މާކްހެއް ނުދެވޭނެއެވެ.
  • ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަރވިއުއަށް ހޮވޭ މީހުންގެ އެކަންޏެވެ. އެކަން ކުރާނީ އިންޓަރވިއު ޕެނަލުން އެލިޔުންތަކުގެ އަސްލު ބަލައި ޗެކްކުރުމަށްފަހު އޮފީހުންނެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 7952909 އެވެ. އީމެއިލް ކުރައްވާނަމަ މިސްކޫލުގެ[email protected]  އަށް މެއިލްކުރެއްވުން އެދެމެވެ.
16 އޭޕްރިލް 2015
ހޯދާ