މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

ވަޒީފާގެ ފުރުޞަތު:

މި އިދާރާގެ ތިރީގައި މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ހޯދަން ބޭނުންވެއްޖެއެވެ.

މަޤާމު

  • މަޤާމުގެ ނަން :            އެސިސްޓެންޓް ޑިރެކްޓަރ
  • ބޭނުންވާ އަދަދު :           01
  • މަޤާމުގެ ކްލެސިފިކޭޝަން :      އެސިސްޓެންޓް ޑިރެކްޓަރ
  • ސަރވިސް :              އޮފިޝަލް އެންޑް އެޑްމިނިސްޓްރޭޝަން
  • މަޤާމުގެ ރޭންކް :           އެމް.އެސް. 3 ( މެނެޖީރިއަލް ސާރވިސް 3 )
  • ވަޒީފާ އަދާކުރަންޖެހޭ ތަން :     ކެންދޫ ކައުންސިލްގެ އިދާރާ
  • މަޤާމުގެ ގިންތި :           ދާއިމީ

މަޤާމުގެ މުސާރައާ ޢިނާޔަތްތައް :

  • މުސާރަ :              މަހަކު  -/7035 ރުފިޔާ.
  • ސާރވިސް އެލަވަންސް :      މަހަކު  -/2000 ރުފިޔާ.
  • އިތުރުގަޑީގެ ފައިސާ :       އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ އިތުރުގަޑީގެ ފައިސާއާއި، ރަމަޟާންމަހުގެ ޚާއްޞަ ޢިނާޔަތުގެ ފައިސާ ފަދަ ސިވިލްސަރވިސް ގަވާއިދުން މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވާ ފައިސާ ހަމަޖެހިފައިވާ އުސޫލުން ލިބޭނެއެވެ.
  • ވަޒީފާ އަދާކުރަންޖެހޭ ތަން :   ކެންދޫ ކައުންސިލްގެ އިދާރާ.

މަޤާމުގެ ޝަރުޠުތައް:           

 1- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

   ނުވަތަ

2- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު އޮނިގަނޑުގެ ލެވެލް ފަހެއްގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއެއްގައި ހަތަރު އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

   ނުވަތަ

3- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

  ނުވަތަ

4- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. ކައުންސިލުގެ މަޝްވަރާއާއި ލަފާގެ މަތިން ކައުންސިލު އިދާރާގެ އިދާރީ މަސައްކަތްތައް އިންތިޒާމުކޮށް ރާވައި ހިންގުން
  2. މުވައްޒަފުންނާ ގުޅޭ އެންމެހައި ކަންތައްތައް ހިނގާނުހިނގާގޮތް ބަލައި އިޞްލާޙުކުރަންޖެހޭ ކަންކަން އިޞްލާޙުކުރުމާއި ފިޔަވަޅު އެޅުން ނުވަތަ ފިޔަވަޅު އަޅަން އެންގުން.
  3. އިދާރީ އޮނިގަނޑުގައި ހިމެނޭ ސެކުޝަންތަކުގެ މަސައްކަތްތައް ހިނގާނުހިނގާގޮތް ބަލައި ގަވާއިދުން މޮނީޓަރ ކުރުމާއި ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކޮށް އިޞްލާޙުކުރުން
  4. މާލިއްޔަތު ޤާނޫނު ހިންގުމަށްޓަކައި ކައުންސިލަށް ބޭނުންވާ އެއްބާރުލުން ދިނުން.
  5. ކައުންސިލުން ފޯރުކޮށްދެންޖެހޭ އެންމެހައި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ކައުންސިލަށް އެހީތެރިވެ އެއްބާރުލުން ދިނުން.
  6. ހުކުރު ޢީދު ކޭތަ ނަމާދު ކުރުމުގެ ކަންތަކާއި، މަރުވާ މީހުންގެ ޖަނާޒާގެ ކަންތައް އެކަންކުރާ ފަރާތްތަކާ ހަވާލުކޮށްގެން ހިންގައި ބެލެހެއްޓުން.  
  7. ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒު ކުރުމުގައި ކައުންސިލަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން

ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމަށް ބެލެވޭނެ ކަންތައްތައް:

ވަޒީފާއަށް އެންމެ ޤާބިލު ފަރާތް ކަނޑައަޅާނީ ވަޒީފާއަށް އެންމެ ޤާބިލު ފަރާތް ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީގައި ހިމެނޭ ތިރީގައި މިދަންނަވާ ބައިތަކަށް ޕޮއިންޓް ދިނުމަށްފަހު އޭގެތެރެއިން އެންމެގިނަ ޕޮއިންޓް ލިބޭ ފަރާތަކީ ވަޒީފާއަށް އެންމެ ޤާބިލު ފަރާތް ކަމުގައި ކަނޑައަޅާގޮތަށެވެ.

1- ލިބިފައިވާ ތަޢުލީމާއި ތަމްރީނު.

2- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.

3- މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް.

އިންޓަރވިއު ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި ތާރީޚު:

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއުއާއި ޕްރެޒެންޓޭޝަން އަދި ޕްރެޓިކަލްސްއާއި އިމްތިޙާނު ކުރުން އޮންނާނެ ތަނާއި ތާރީޚާއި ގަޑި މިއިޢުލާނުގެ މުއްދަތު ހަމަވާތާ 15 ދުވަހުގެ ތެރޭގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކަށް ލިޔުމުން އެންގޭނެއެވެ.

އެޕްލިކޭޝަން ފޮނުވަންވީ ތަނާއި ތާރީޚު

މިވަޒީފާއަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް 28 އެޕްރީލް 2015 ވާ (އަންގާރަ) ދުވަހު މެންދުރުފަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

އުޖޫރައާއި ޢިނާޔަތްތައް:

  ދިވެހި ސިވިލް ސާރވިސްގެ ގަވާއިދުގައިވާ ގޮތުގެމަތިން އިތުރުގަޑީގެ ފައިސާ، އާ މަޤާމުގެ މަސައްކަތާ ގުޅިގެން ދެވޭ އެހެނިހެން އެލަވަންސްތައް ހަމަޖެހޭނެއެވެ.     

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމު މިއިދާރާގެ ކައުންޓަރުންނާއި ސިވިލްސަވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ލިބެން ހުންނާނެއެވެ.)

2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރިޑެޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)

3. ސަރުކާރަށް ނުވަތަ ސިވިލް ސަރވިސް އަށް ޚިދުމަތްކުރުމުގެ ބޮންޑެއްގައިހުރި މުވައްޒަފަކު މިއިދާރާގެ ވަޒީފާއަށް ހޮވިއްޖެނަމަ އަދާކުރަމުންގެންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

4 ބެލުމުގެ ނަތީޖާއާއ ހާޒިރީ އަދި މަސައްކަތުގެ އަޚުލާޤު ހުރިގޮތް ބަޔާންކޮށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ. ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން، އެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު " މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީ އަދި މަސައްކަތުގެ އުޅުމާއި އަޚުލާޤުހުރިގޮތް ބަޔާންކުރާ ފޯމު" ސިވިލްސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކުވެސް (މިއިދާރާގެ މުވައްޒަފުން ފިޔަވައި) މިފޯމު ހުށަނާޅައިފިނަމަ ފޯމުގައިވާ ބައިތަކަށް ދޭންޖެހޭ ޕޮއިންޓެއް ނުދެވޭނެއެވެ.

5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފުކޮޕީ.

6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގު ވަނަވަރު (ސީވީ ގުޅޭނެ ފޯނުނަންބަރާއި އީމެއިލް އެޑްރެހާއެކު)

އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާނަމަ މިއިދާރާއަށް ވަޑައިގަތުމުން ނުވަތަ މިއިދާރާގެ ނަންބަރު 6600004 ފޯނާ ގުޅުއްވުމުން މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

26 ޖުމާދަލްއާޚިރާ 1436

15 އޭޕްރިލް 2015
ހޯދާ