ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ތިރީގައި މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު:              މަސައްކަތު

ބޭނުންވާ އަދަދު:         1

މަޤާމުގެ ކްލެސިފިކޭޝަން:    ސަޕޯޓް ސްޓާފް ގްރޭޑް 1

ރޭންކް:              އެސް.އެސް 1

މުސާރަ:             -/3100 ރުފިރާ

ސަރވިސް އެލަވަންސް:    -/1000 ރުފިޔާ

އިތުރުގަޑި:           އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަންސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން / މާލެ

އަސާސީ ޝަރުޠު

1. ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު /ޤާބިލުކަން ލިބިފައިވުން

ވަޒީފާގެ މައިގަނޑު މަސްއޫލިއްޔަތުތައް:

1- ސްކޫލުގެ އިމާރާތްތައް ކުނިކަހައި ސާފުކުރުން

2- ސްކޫލުގެ ގޯތިތެރެ އަދި ސްކޫލް ހިމެނޭ ހިސާބުގެ މަގުމަތި ކުނިކަހައި ސާފުކުރުން.

3- ސްކޫލުގެ ފާޚާނާތައް ސާފުތާހިރުކޮށް ބެލެހެއްޓުން.

4- ސްކޫލުގައި ބޭއްވޭ ޙަފުލާތަކަށް ގޮނޑިޖަހައި ތައްޔާރުކުރުން.

5- ކުލާސްރޫމުތަކުގެ ޑެސްކުތައް ރާވައި ތަރުތީބުކުރުން.

6- ސްކޫލުން ހިންގާ އިމްތިޙާންތަކަށް ގޮނޑި މޭޒު ޖެހުން.

7- ދަރިވަރުންނާ ގުޅުންހުރި ކަންކަމުގައި ސްކޫލުން އަންގާ ގޮތެއްގެ މަތިން ކަންތައްތައްކުރުން

މަޤާމު: އެސިސްޓެންޓް ފޯމަން

ބޭނުންވާ އަދަދު: 1

ރޭންކް: އެސް. އެސް 2

ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2

މުސާރަ: -/3470 ރުފިޔާ

ސަރވިސް އެލަވަންސް: -/1000

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:  ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން / މާލެ

އަސާސީ ޝަރުޠު

  1. މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާގެ މައިގަނޑު މަސްއޫލިއްޔަތުތައް

1. ސްކޫލުގެ ތަޅުދަނޑި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުން ނެގުމާއި އެޅުވުން.

2. މަސައްކަތު މުވައްޒަފުންގެ މަސައްކަތްތައް ބެލުން.

3. މަސައްކަތު މުވައްޒަފުންގެ މަސައްކަތް ކުރުމަށް ބޭނުންވާނޭ ސާމާނު ސްކޫލުގެ ބަޖެޓް އޮފީހާ ގުޅިގެން ހޯދުން.

4. މަސައްކަތު މުވައްޒަފުންގެ ޑިއުޓީ ހަދައި ޑިއުޓީއަށް ގަވާއިދުން ނިކުމޭތޯ ބެލުން.

5. މަސައްކަތު މުވައްޒަފަކު ޗުއްޓީއެއް ނަގައިފިނަމަ ނުވަތަ ހާޒިރުނުވާ ދުވަހެއްގައި އޭނާއާ ސާފުކުރުމަށް ހަވާލުކުރެވިފައިވާ ތަންތަން އެހެން މުވައްޒަފަކާ ހަވާލުކޮށްގެން ސާފުކުރުވުން.

6. ސްކޫލަށް ހޯދަންޖެހޭ ތަކެތީގެ އަގު ބަލަންދިއުން.

7. ސްކޫލުން ހަވާލުކުރެވޭ ތަކެތި ތަންތަނަށް ގެންދިއުން އަދި ތަންތަނުން ތަކެތި ގެނައުން.

8. ހަވާލުކުރެވިފައިވާ މަސައްކަތުގެ އިތުރުން ސްކޫލުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށް

އިންޓަރވިއުކުރުން

  • މިމަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 03 މޭ 2015 އާއި 17 މޭ 2015 އާ ދެމެދުގެ ތާރީޚެއްގައެވެ.
  • އަދި މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށް ވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސްމެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިޔާއެއްގެ ދަށުން، ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި އިންޓަރވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރާއިރު ހޮވޭ ފަރާތްތަކާއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މިސެންޓަރުގެ ކައުންޓަރުން ބަންދު ނޫން ކޮންމެ ދުވަހަކު 9:30 ން 14:00 އަށް ލިބެން ހުންނާނެއެވެ. އަދި މިސެންޓަރުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އެޓެސްޓެޑް ކޮޕީ
  3. އެކްރިޑެޓް ކުރެވިފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު /ސީ.ވީ (ގުޅޭނެ ނަންބަރާއެކު)
  5. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ)
  6. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ދޫކުރުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ތައްގަނޑު ޖެހިލިޔުމެއް ލިޔުމެއް އަދި އުޅެފައިވާ މަޤާމު، ރޭންކް މުއްދަތު އެނގޭނޭ ލިޔުމެއް ހުށަހެޅުން.

ކުރިމަތިލުމުގެ މުއްދަތާއި ކުރިމަތިލާނެގޮތް:  

މިމަޤާމުތަކަށް ކުރިލަތިލައްވަން އެދިވަޑައިގަންނަވާ ބޭފުޅުން މަތީގައި މިވާ ލިޔުންތައް 29 އެޕްރީލް 2015 ވާ ބުދަ ދުވަހުގެ މެންދުރުފަހުގެ 14:00 ގެ ކުރިން މިސެންޓަރަށް ހުށަހެޅުއްވުން އެދެމެވެ.

ނޯޓް:

މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކުގެ އިންޓަރވިއު އާއި ޕްރެޒެންޓޭޝަނަށް ބެލުމަށްފަހު އެންމެ މަތީ މާކްސް ލިބޭ އަދި އެންމެ ޤާބިލު ފަރާތަށް މިވަޒީފާ ހަމަޖައްސައިދެވޭނޭއެވެ. މިއިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި ސްކޫލުގެ ނަންބަރު 3321330 އާ ގުޅުއްވުން އެދެމެވެ.

20 އޭޕްރިލް 2015
ހޯދާ