މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލުމީހެކެވެ.

މަޤާމު

ސީނިއަރ މައިކްރޯ ބަޔޮލޮޖިސްޓް

ބޭނުންވާ އަދަދު

01

ޑިރެކްޓަރ

ރޭންކް: EX 1

މުސާރަ

މަހަކު -/8835 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

ސްޕެޝަލްޑިއުޓީ އެލަވަންސް

މުސާރައިގެ %35

ޑިވިޝަން

ނޭޝަނަލް ހެލްތު ލެބޯޓްރީ / މައިކްރޯ ބަޔޮލޮޖީ ސެކްޝަން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ މެންޑޭޓް ހިންގުމަށްޓަކައި ނެޝަނަލް ހެލްތު ލެބޯޓްރީން ކުރަންޖެހޭ ކަންތައްތައް ޕްލޮސީއާއި ޕްރޮސީޖަރތަކާ އެއްގޮތަށް ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ، ލެބޯޓްރީ ސަރވސަސްގެ ލަފާގެމަތިން އިންތިޒާމުކޮށް ހިންގައި ބެލެހެއްޓުން.
  • ނެޝެނަލް ހެލްތު ލެބޯޓަރީގެ މައިކްރޯ ބަޔޮލޮޖިކަލް ޓެސްޓްތައް ކުރުމާއި މައިކްރޯ ބަޔޮލޮޖީ ލެބޯޓްރީ ސުޕަވައިޒްކުރުން.

ތަޢުލީމާއި ތަޖުރިބާ

  • މައިކްރޯ ބަޔޮލޮޖީ ދާއިރާއަކުން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މައިކްރޯ ބަޔޮލޮޖީ ދާއިރާއެއްގައި 9 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މައިކްރޯ ބަޔޮލޮޖީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މައިކްރޯ ބަޔޮލޮޖީ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މައިކްރޯ ބަޔޮލޮޖީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މައިކްރޯ ބަޔޮލޮޖީ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމު

ސައިންޓިފިކް އޮފިސަރ

ބޭނުންވާ އަދަދު

01

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:   MS 3

މުސާރަ

މަހަކު -/7035 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

ސްޕެޝަލްޑިއުޓީ އެލަވަންސް

މުސާރައިގެ %35

ޑިވިޝަން

ނޭޝަނަލް ހެލްތު ލެބޯޓްރީ/ ފުޑް މައިކްރޯ ބަޔޮލޮޖީ ޔުނިޓް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ފެނާއި ކާބޯތަކެތީގެ މައިކްރޮބައޮލޮޖިކަލް ލެބޯޓްރީގައި ކުރާ މަސައްކަތްތައް ބަލަހައްޓާ ސުޕަވައިޒްކޮށް ސިވިލް ސަރވިސް ކޮމިޝަނުން އަންގަވާފައިވާ ގޮތުގެ މަތިން މުވައްޒަފުންގެ ފެންވަރު ބެލުން.
  • ފެނާއި ކާބޯތަކެތީގެ މައިކްރޯބައޮލޮޖިކަލް ލެބޯޓްރީއަށް ބޭނުންވާ އައުޓެސްޓްތައް ޑިވެލޮޕް ކުރުން.
  • ނެޝަނަލް ހެލްތު ލެބޯޓްރީގެ އެކްރެޑިޓޭޝަން ISO/IEC17025 ދެމެހެއްޓުމަށް އަދި NHLގެ ފެންވަރު ހިފަހައްޓާ މަތިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

ތަޢުލީމާއި ތަޖުރިބާ

  • މައިކްރޯ ބަޔޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މައިކްރޯ ބަޔޮލޮޖީގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މައިކްރޯ ބަޔޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މައިކްރޯ ބަޔޮލޮޖީގެ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މައިކްރޯ ބަޔޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމު

ސައިންޓިފިކް އޮފިސަރ

ބޭނުންވާ އަދަދު

01

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:   MS 3

މުސާރަ

މަހަކު -/7035 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

ސްޕެޝަލްޑިއުޓީ އެލަވަންސް

މުސާރައިގެ %35

ޑިވިޝަން

ނޭޝަނަލް ހެލްތު ލެބޯޓްރީ / ފުޑް ކެމިސްޓްރީ ޔުނިޓް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ފެނާއި ކާބޯތަކެތީގެ ކެމިކަލް ލެބޯޓްރީގައި ކުރާ މަސައްކަތްތައް ބަލަހައްޓާ ސުޕަވައިޒްކޮށް ސިވިލް ސަރވިސް ކޮމިޝަނުން އަންގަވާފައިވާ ގޮތުގެ މަތިން މުވައްޒަފުންގެ ފެންވަރު ބެލުން.
  • ފެނާއި ކާބޯތަކެތީގެ ކެމިކަލް ލެބޯޓްރީއަށް ބޭނުންވާ އައުޓެސްޓްތައް ޑިވެލޮޕް ކުރުން.
  • ނެޝަނަލް ހެލްތު ލެބޯޓްރީގެ އެކްރެޑިޓޭޝަން ISO/IEC17025 ދެމެހެއްޓުމަށް އަދި NHLގެ ފެންވަރު ހިފަހައްޓާ މަތިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

ތަޢުލީމާއި ތަޖުރިބާ

  • ކެމިސްޓްރީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ކެމިސްޓްރީ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ކެމިސްޓްރީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ކެމިސްޓްރީ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ކެމިސްޓްރީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާ އަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  • ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ޢިނާޔަތްތައް

  • ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ރިސްކް އެކުލެވޭ މަސައްކަތް ކުރައްވާ ކޮންމެ ދުވަހަކަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ރިސްކް އެލަވަންސް

ހުށަހަޅަންޖެހޭ ލިޔުންތައް

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި މިމިނިސްޓްރީގެ www.health.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ. )
  • ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާއި އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

30 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތު އަށް

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2015 ވަނަ އަހަރުގެ މޭ މަހުގައި، މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ  ބިލްޑިންގ ގައި)

ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލާ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014327 އެވެ.

13 އޭޕްރިލް 2015
ހޯދާ