މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
އިނގިރޭސި ބަހުން ދެއްވާ ދަރުސްއާއި، ހުކުރު ޚުޠުބާ ދިވެހިބަހަށް ތަރުޖަމާ ކޮށްދޭނެ ފަރާތެއް ހޯދުމަށް

" ދަ މެސެޖް" ގެ ނަމުގައި މި މިނިސްޓްރީން ކުރިއަށްގެންދާ ސިލްސިލާ ދަރުސް ޕްރޮގްރާމްގެ ދަށުން މިއަހަރު ދަރުސް ދެއްވުމަށް ރާއްޖޭން ބޭރުން ވަޑައިގަންނަވާ ޢިލްމުވެރިން އިނގިރޭސިބަހުން ދެއްވާ ދަރުސްއާއި، ހުކުރު ޚުޠުބާ ދިވެހިބަހަށް ތަރުޖަމާ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކުރެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން 21 އެޕްރީލް 2015 ވާ އަންގާރަަ ދުވަހުގެ 14:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 23 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 14:30 އަށް މި މިނިސްޓްރީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސެޝަނަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދަންނަވަމެވެ..

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3020219 ފޯނަށެވެ.

26 ޖުމާދަލްއާޚިރާ 1436

15 އޭޕްރިލް 2015
ހޯދާ