މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން
ދިވެހިރާއްޖެ
ދީނީ ކޮންސަލްޓަންޓެއް ހޯދުމަށް

މި ކޯޕަރޭޝަންގެ ޗެނަލްތަކުން ދީނީ ކޮންޓެންޓް ފެތުރުމާއި ޚަބަރާއި އެހެން ޕްރޮގްރާމްތައް، ދީނުގެ އިމުން ބޭރުނުވާގޮތަށް ފެތުރުމަށް ބޭނުންވާ ލަފަ އާއި އިރުޝާދު ދީ ފަންނީގޮތުން އެހީތެރިވެދެއްވުމަށް ދީނީ ކޮންޓެންޓާބެހޭ ކޮންސަލްޓަންޓަކު ބޭނުންވެއެވެ.

މަޤާމު

ދީނީ ކޮންޓެންޓާބެހޭ ކޮންސަލްޓަންޓް

ބޭނުންވާ އަދަދު:

1

މަސައްކުރަންޖެހޭ ތަން

އެމް.ބީ.ސީ ޗެނަލްތައް ހިންގާ މާލޭގެ މައި މަރުކަޒުތައް.

ފެންވަރު ނުވަތަ ޝަރުޠު:

ދީނީ ޢިލްމުގެ ރޮނގުން (އިސްލާމް ދީން ބަޔާންކޮށްދިނުމާ ގުޅުންހުރި ދާއިރާއަކުން) ޕީއެޗްޑީ ހާސިލުކުރައްވައިފައިވުން.  

މައިގަނޑު މަސްއޫލިއްޔަތު:

  • ޗެނަލްތަކުގެ ޚަބަރާއި ޕްރޮގްރާމްތައް ޕްލޭންކުރުމުގެ ބައްދަލުވުންތަކުގެ ތެރެއިން ދަޢުވަތު އެރުވޭ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެން ބޭނުންވާ އެއްބާރުލުން ދެއްވުން.
  • އެމް.ބީ.ސީގެ ޗެނަލްތަކުން ތައްޔާރުކުރާ ދީނީ ޕްރޮގްރާމްތައް ބައްޓަންކުރުމާއި އޭގެ ކޮންޓެންޓް ޕްލޭންކުރުމާއި އަދި ޕްރޮގްރާމް ތައްޔާރުކުރުމަށާއި ހުށަހެޅުމަށް ބޭނުންވާ ފަންނީ ލަފާދެއްވުމާއި އެ ޕްރޮގްރާމްތަކުގައި ހިމެނޭ ކޮންޓެންޓަކީ ދީނީ ގޮތުންނާއި މަޢުލޫމާތުގެ ގޮތުން އެންމެ ރަނގަޅުގޮތުގައި ފެތުރޭ ކޮންޓެންޓްކަން ކަށަވަރުކުރުން.
  • އެމް.ބީ.ސީގެ ޗެނަލްތަކުން ތައްޔާރުކުރާ ދީނީ ޕްރޮގްރާމްތައް ފިޔަވައި ޚަބަރާއި އެހެން ޕްރޮގްރާމްތަކުގައި ވެސް ދީނީގޮތުން ފެތުރުން އެކަށީގެންނުވާ ކޮންޓެންޓް ހުއްޓަނުދިނުމަށް ބޭނުންވާ ލަފަ އާއި އިރުޝާދު ދިނުމާއި ދީނީގޮތުން ފެތުރުން އެކަށީގެންނުވާ ކޮންޓެންޓް ހިމެނުނަ ނުދެއްވުމަށް ކުރެއްވެން ހުރި މަސައްކަތްތައް ކުރެއްވުން؛
  • އެމް.ބީ.ސީގެ ޗެނަލްތަކުން ގެނެސްދޭ ދީނީ ޕްރޮގްރާމްތަކުގައި ބައިވެރިވެވަޑައިގެން ދީނީ މަޢުލޫމާތު ދެއްވުން.
  • އެމް.ބީ.ސީގެ ޗެނަލްތަކުން ގެނެސްދޭ ދީނީ ޕްރޮގްރާމްތަކުގައި ހިމަނާނެ ދީނީ ޢިލްމުވެރިން ކަނޑައެޅުމުގައި ޗެނަލްތަކަށް ބޭނުންވާ ލަފަ އާއި އެހީތެރިކަން ލިބިދިނުން.
  • ދީނީ ޕްރޮގްރާމްތަކަށް ބޭނުންވާ ދިރާސާތައް ކޮށްދެއްވުމާއި ޚާއްޞަ ބައެއް ރިޕޯޓުތައް ލިޔެދެއްވުމާއި ސްކްރިޕްޓުތައް ލިޔުމުގައި ބޭނުންވާ އެހީތެރިކަން ލިބިދެއްވުން.
  • ދީނީ ޕްރޮގްރާމްތަކަށް ބޭނުންވާ ސުވާލާއި ޖަވާބު ތައްޔާރުކޮށްދެއްވުން.

މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު

މިކަމަށް ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން ބޭފުޅަކު މިކަމަށް ހޮވުމުގައި އެ ބޭފުޅެއްގެ ތަޢުލީމީ ފާހާއި ދީން ފެތުރުމާއި ހުރި ގުޅުމާއި ލިބިވަޑައިގެންފައިވާ ތަޖުރިބާއަށް އިސްކަން ދެވޭނެއެވެ.

އުޖޫރަ

މަހަކު -/7،000 (ހަތްހާސް) ރުފިޔާ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭކަމުގެ ސިޓީއާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާ އެކު (އެޓެސްޓްކޮށްފައިވާ)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ކަމާގުޅޭ ތަޖުރިބާ އާއި ހުނަރު ހުރިމިންވަރު ބަޔާންކޮށްދެވޭނެ ލިޔުން ހުރިނަމަ އެފަދަ ލިޔުންތަކުގެ އަސްލު ނުވަތަ އަސްލާއެއްގޮތް ކޮޕީ.

ނޯޓް: ހުށަހަޅުއްވަން ޖެހޭނެކަމަށް ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމަ ނުވާ ފަރާތްތަކުގެ ސިޓީ ބަލައި ނުގަނޭވޭނެ ވާހަކަ ދަންނަވަމެވެ.

ސިޓީ ބަލައިގަތުމަށް ހަމަޖެހިފައިވާ ތަނާއި ގަޑި:

23 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން

ރޭޑިއޯ ބިލްޑިންގ، މާފަންނު، މާލެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ  3000284/ 3000210 ނަންބަރު ފޯނާއެވެ.

20 ޖުމާދަލްއާޚިރާ 1436        

09 އޭޕްރިލް 2015
ހޯދާ