އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ހުއްދަ ދީފައިވާ ތަނަކަށް ނޫންތަނަކަށް ކުނިއެޅުމަކީ މަނާކަމެއް

ނޫސް ބަޔާން

މިހާރަކަށް އައިސް މާލޭގެ އެކި ސަރަޙައްދުތަކަށް އެކި ބާވަތުގެ ކުނިއަޅަމުންދާ ކަން މިއެޖެންސީއަށްވަނީ ފާހަގަކުރެވިފައެވެ. އެނގިވަޑައިގަންނަވާނެ ފަދައިން ކުނި މެނޭޖްކުރުމުގެ ގަވައިދު (ގަވައިދު ނަންބަރު: 2013/R-58) ގެ 11 ވަނަ  މާއްދާގެ ދަށުން ރާއްޖޭގެ ރަށްރަށުގައި އުފެދޭ ކުނި އަޅަންވާނީ އެކަމަށް ޚާއްޞަކޮށްފައިވާ އަދިި ތަންފީޒީ އިދާރާއިން ހުއްދަ ދީފައިވާ ތަންތަނަށެވެ. މިގޮތުން، އެއްވެސް ފަރާތަކުން ކުނިއެޅުމަށް ހުއްދަ ދީފައިވާ ތަނަކަށް މެނުވީ ކުނި އެޅުމާއި އުކުމަކީ ކުށެކެވެ. އަދި ހަމަ މިމާއްދާގެ (ށ) ގެ ދަށުން މަގުމައްޗަށާއި އާންމު ތަންތަނަށް ކުނި އެޅުމަކީ މަނާކަމެކެވެ.

ވީމާ، މާލޭގެ އެކި ސަރަޙައްދުތަކަށް ކުނި އަޅާ ފަރާތްތަކާއި މެދު ކުނި މެނޭޖްކުރުމުގެ ގަވައިދު (ގަވައިދު ނަންބަރު: 2013/R-58) ގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ވާހަކަ ދެންނެވީމެވެ.

24 ޖުމާދަލްއާޚިރާ 1436

13 އޭޕްރިލް 2015
ހޯދާ