ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
3 ވަނަ ފިޔަވަހީގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

ތ. ކިނބިދޫ ޒުވާނުންގެ މަރުކަޒުގެ 3 ވަނަ ފިޔަވަހީގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު IUL)393/393/2015/08)ފ(24 ފެބުރުވަރީ 2015) އިޢުލާނާ ގުޅިގެން ދިން މަޢުލޫމާތާ އެއްގޮތަށް އަންދާސީހިސާބު ފުރިހަމަކޮށް އެކަށީގެންވާ އަދަދަކަށް އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ، އެ އަންދާސީހިސާބުތައް ބާޠިލުކޮށް، އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވަނަ ފަހަރަށް ހުޅުވާލަމެވެ.

މިމަސައްކަތާބެހޭ މަޢުލޫމާތު ސާފުކޮށްދިނުން އޮންނާނީ 26 އެޕްރީލް 2015 ދުވަހުގެ ހެނދުނު 11:00 ގައި މިއިދާރާގައެވެ. އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވަނީ 03 މޭ 2015 ދުވަހުގެ މެންދުރު ކުރީގެ 11:00 ގައި މިއިދާރާގައެވެ. މަޢުލޫމޫތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަނެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ ސިޓީއަކާއެކު ފޮނުއްވުން އެދެމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

20 ޖުމާދަލްއާޚިރާ 1436

09 އޭޕްރިލް 2015
ހޯދާ