ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ކަރޕެންޓަރ

މަޤާމު: ކާޕެންޓަރ

ޑިޕާޓްމަންޓް: މުނިސިޕަލް ސާރވިސަސް އެންޑް ޕްރޮޕަޓީ މެއިންޓެނަންސް

ޝެކްޝަން: ބިލްޑިންގ މެއިންޓެނަންސް އެންޑް މޮނިޓަރރިންގ

އަދަދު: 1

ވަޒީފާ އަދާކުރަންޖެހޭ ތަން: ހުޅުމާލެ

ތަޢުލީމީ ފެންވަރާއި ތަޖުރިބާ: ގްރޭޑް 8 ގެ ފެންވަރު ހުރުމާއިއެކު ކާޕެންޓްރީ/ ވަޑާމުގެ މަސައްކަތުގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • މިކޯޕަރޭޝަންގެ ބިލްޑިންގ މެއިންޓެނަންސްގެ މަސައްކަތްތައް ސުޕަވައިޒަރުންގެ ލަފައާއި އިރުޝާދުގެ މަތިން ކުރުން. ހާއްޞަކޮށް މަރާމާތުގައި އެކުލެވޭ ވަޑާމުގެ މަސައްކަތްތައް ކުރުން.
  • ވަޑާންކުރުމަށް ބޭނުންވާނެ އާލާތްތައް ހަމައަށް ސްޓޮކްގައި ހުރިތޯ ބަލައި އެތަކެތި މެއިންޓެއިންކޮށް ބެލެހެއްޓުން.
  • މެއިންޓެނަންސް މައްސަލަތައް ވެރިންގެ އިރުޝާދާ އެއްގޮތްވާ ގޮތުގެމަތިން ހައްލުކުރުން.
  • މެއިންޓެނަންސް މަސައްކަތްތައް ކުރުމުގައި މެއިންޓަނަންސް ޓީމް އަދި ސުޕަވައިޒަރއަށް އެއްބާރުލުން ދީ އެހީތެރިވެދިނުން.
  • މެއިންޓެނަންސް އަށް ބޭނުންވާ އާލާތްތައް އެއްތަނުން އަނެއްތަނަށް އުފުލުން.
  • މަޤާމާއި ސެކްޝަނުގެ މަސައްކަތާ ގުޅޭގޮތުން ޑިޕާރޓްމަންޓުގެ އިސްވެރިޔާ ނުވަތަ ސުޕަވައިޒަރު ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލުކަން:

  • އެކުގައި މަސައްކަތްކުރާ ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރެވޭ މީހެއްކަމުގައިވުން.
  • ދިވެހި ބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތުކުރަން އެނގުން
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި މަސައްކަތްކުރެވޭ ފަދަ ޞިއްޙަތެއްގައި ހުރި ފަރާތަކަށްވުން
  • 55 އަހަރަށްވުރެ ހަގު މީހެއްކަމުގައިވުން

މުސާރަ: 4،940.00ރ (އެލަވަންސްތަކާއެކު މަދުވެގެން 10،067.50ރ ލިބޭނެއެވެ.)

އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.

މި ވަޒީފާތަކަށް މުވައްޒަފުން އައްޔަންކުރެވޭނީ 1 (އެކެއް) އަހަރު ދުވަހަށް، ކޮންޓްރެކްޓް އުސޫލުންނެވެ. އަދި އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓް ހަމަވުމުން މުވައްޒަފުގެ މަސައްކަތުގެ ފެންވަރުބަލައި، އެކަށީގެންވާ ފެންވަރަކަށް މަސައްކަތްކޮށްފައިވާނަމަ ކުންފުނީގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ވަޒީފާ ދާއިމީ ކުރެވޭނެއެވެ.

މި ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ވަނަވަރާއި އަދި އެޓެސްޓެޑް ސެޓްފިކެޓްތަކުގެ ކޮޕީ، ކުރިން ވަޒީފާއަދާކޮށްފައިވާ ތަންތަނުގެ ރިފަރެންސް ސިޓީތަކުގެ ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަކަލާއެކު 16 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން މިއޮފީހަށް ފޮނުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މިކޯޕްރޭޝަނުގެ މައިއޮފީހުންނާއި މާލެއޮފިހުން އަދި މިކޯޕަރޭޝަންގެ ވެބްސައިޓް www.hdc.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.   

1 ވަނަ ފަންގިފިލާ،އެމް.ޓީ.ސީ.ސީ ފެރީ ޓާރމިނަލް                                                       

މާލެ، ދިވެހިރާއްޖެ                                                                            

ފޯނު:3336755                                                                                

ފެކްސް: 3335892 ނުވަތަ،    

3 ވަނަ ފަންގިފިލާ، އެޗް.ޑީ.ސީ. ބިލްޑިންގ

ހުޅުމާލެ، ދިވެހިރާއްޖެ

ފޯނު: 3353535

ފެކްސް: 3358892                                                                

13 އޭޕްރިލް 2015
ހޯދާ