މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ކޮންސަލްޓެންޓެއް (އިންޓަރނޭޝަނަލް) ހޯދުމާބެހޭ

ޕަބްލިކް ފައިނޭންޝިއަލް މެނޭޖްމަންޓްސިސްޓަމްސް ސްޓްރެންތަނިންގ ޕްރޮޖެކްޓް

ޕްރޮޖެކްޓް އައި.ޑީ: P145317

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

ސަރުކާރުން ހިއްސާވާ ކުންފުނިތައް ހަރުދަނާކުރުމަށް ކޮންސަލްޓެންޓެއް (އިންޓަރނޭޝަނަލް) ހޯދުމާބެހޭ

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ކުރިއަށްގެންދާ ދައުލަތުގެ މާލީނިޒާމު ބެލެހެއްޓުން ހަރުދަނާ ކުރުމުގެ މަޝްރޫޢަށް އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައި.ޑީ.އޭ) އިން ވަނީ ހިލޭ އެހީއެއް ލިބިފައެވެ. އަދި މިމަޝްރޫޢުގެ ދަށުން ސަރުކާރުން ހިއްސާވާ ކުންފުނިތައް ހަރުދަނާކުރުމަށް ކޮންސަލްޓެންޓެއް ހޯދުމަށް ވަނީ ހަމަޖެހިފައެވެ.

މިކޮންސަލްޓެންސީގެ މައިގަނޑު މަޤުޞަދަކީ ރާއްޖޭގައި ސަރުކާރުން ހިއްސާވާ ކުންފުނިތަކުގެ މޮނިޓަރިންގ އެންޑް އިވެލުއޭޝަން ހަރުދަނާކޮށް އަދި މޮނިޓަރިންގގެ އެންޑް އިވެލުއޭޝަން ފްރޭމްވާރކެއް ޤާއިމުކޮށް ތަރައްޤީކުރުމަށެވެ. 

މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރްޜަރީން ހުޅުވާލަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިމަސައްކަތްކޮށްދިނުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ މަޢުލޫމާތު އަންގައިދިނުމުގެ ގޮތުން ދާއިރާއިން ކޮށްފައިވާ މަސައްކަތުގެ ތަފުސީލު، މިފަދަ މާޙައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު، އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރެއް އަދި ދުވާލަކަށް ހުށަހަޅާ އުޖޫރަ އެނގޭގޮތަށް ހުށަހަޅަންވާނެއެވެ.

މި މަސައްކަތަށް ފަރާތެއް ހޮވުމުގައި ޢަމަލުކުރާނީ، ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލެވިގެން، ވާރލްޑްބޭންކް ލޯނާއި އައި.ޑީ.އޭ ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ހިންގޭ މަޝްރޫޢުތަކަށް ކޮންސަލްޓެންޓުން ހޯދުމަށް އެފަރާތުން، ޖަނަވަރީ 2011ގައި ތައްޔާރުކޮށް، ޖުލައި 2014ގައި އިޞްލާޙުކުރެވިފައިވާ ގައިޑްލައިނާ އެއްގޮތަށެވެ.

މިޕްރޮޖެކްޓުގައި މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ 3-2 މަހަށް ރާއްޖޭގައެވެ. އަދި މަސައްކަތުގެ ފެންވަރަށް ބަލައި މުއްދަތު އިތުރުކުރެވޭނެއެވެ.

މިމަސައްކަތާ ގުޅޭ މަޢުލޫމާތު ހިމެނޭގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީއޯއާރ) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި ޝާއިޢު ކުރެވިފައި ވާނެއެވެ. އަދި މިމަސައްކަތާ ބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 30 އެޕްރީލް 2015ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

މުޙައްމަދު ޔާމިން

ޕްރޮޖެކްޓް ކޯޑިނޭޓަރ

ޕަބްލިކް ފައިނޭންޝިއަލް މެނޭޖްމަންޓްސިސްޓަމްސް ސްޓްރެންތަނިންގ ޕްރޮޖެކްޓް.

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

އަމީނީމަގު،

މާލެ،ދިވެހިރާއްޖެ،

ޓެލެފޯން: 3349398 ، 3349101

ފެކްސް: 3320706 ، 3324432

އީމެއިލް:[email protected]

    [email protected]     

09 އޭޕްރިލް 2015
ހޯދާ