ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
6000 މެޓްރިކް ޓަނު ގޮދަންފުށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން

މިކުންފުންޏަށް 6000 މެޓްރިކް ޓަނު ގޮދަންފުށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މިކުންފުންޏަށް 6000 މެޓްރިކް ޓަނުގެ ފުށް ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ބައިނަލްއަޤުވާމީ ފެންވަރުގައި ގޮދަންފުށް ފޯރުކޮށްދިނުމުގެ ކުރުމުގެ ތަޖުރިބާ ހުރި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަންކަރުދާސް ހުޅުވާލެވޭ ބާވަތް އަދި އުފައްދާ ޤައުމުތައް:

ބާވަތް: ގޮދަންފުށް (Wheat Flour) އެވެ.

ޤައުމު: ހުރިހާ ޤައުމުތަކުގެ އުފެއްދުންވެސް މިބީލަމުގައި ޤަބޫލުކުރެވޭނެއެވެ.

ޝިޕްމަންޓްގެ ތާވަލު އަދި ޖުމްލަ އަދަދު:

މުދާ ފޯރުކޮށްދޭންވާނީ ބައިބަޔަށް މިކުންފުނިން ދޭ ތާވަލެއްގެ ދަށުން 6000 މެޓްރިކް ޓަން ގެނެސް ޚަލާޞްވަންދެންނެވެ.

ބީލަމުގައި ރަޖިސްޓަރީވުމާއި ބީލަމުގެ ކަރުދާސް ބަލައިގަތުން:

ބީލަމުގައި ބޭނުންވާނެ ހުރިހާ ކަރުދާހެއް ލިޔެވިފައި ހުންނާނީ އިނގިރޭސިބަހުންނެވެ. ބީލަން ކަރުދާސް ބައްލަވައިގަނެވޭނީ 2015 އެޕްރީލް 20 ވާ ދުވަހުގެ ދިހައެއް (10:00) ޖެހުމުގެ ކުރިން ނޮން ރިފަންޑަބަލް ރެޖިސްޓްރޭޝަންފީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވާ -/150 އެމެރިކާ ޑޮލަރު، ނުވަތަ އެއާ އެއްފަދަ ދިވެހިރުފިޔާއިން މިކުންފުނީގެ ފައިނޭންސް ޑިޕާޓްމަންޓަށް ދެއްކި ބޭފުޅުންނަށެވެ. ނަގުދު ފައިސާގެ ގޮތުގައި ގަބޫލުކުރެވޭނީ ކޭޝިޔަރސް ޗެކް އަދި ޑައިރެކްޓް ޑިޕޮޒިޓް (މިކުންފުނީގެ ބޭންކް އޮފް މޯލްޑިވް މެއިން ބްރާންޗްގެ އެކައުންޓް ނަންބަރު 103 005999 200 ސްވިފްޓް ކޯޑް HSBCMVMV ) އެވެ. ނަގުދު ފައިސާއިން ރެޖިސްޓްރޭޝަން ފީ ދައްކަވާ ބޭފުޅުން ތިރީގައި ދެންނެވިފައިވާ އީމެއިލް އެޑްރެހަށް ފައިސާ ޖަމާކުރިކަމުގެ ރަސީދު ފޮނުވަންވާނެއެވެ. ރެޖިސްޓްރޭޝަން ފުރިހަމަކުރައްވާފައިވާ ބޭފުޅުންނަށް ބީލަން ކަރުދާސް ދޫކުރުން އޮންނާނީ 2015 އެޕްރީލް 26 ވަނަ ދުވަހު އީމެއިލްގެ ޒަރީޢާއިންނެވެ.

ސުވާލާއި ޖަވާބު

ބީލަން ކަރުދާސް ބައްލަވައިގަތުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2015 އެޕްރީލް 30ވާ ދުވަހުގެ ދިހައެއް (10:00) ޖެހުމުގެ ކުރިން އީ-މެއިލްގެ ޒަރީޢާއިން ފޮނުވަންވާނެއެވެ. އަދި ބިޑް ޑޮކިއުމަންޓް ބައްލަވައިގަނެފައިވާ ފަރާތްތަކަށްް ޖަވާބުދާރީވެވޭނެއެވެ.

ބީލަން ކަރުދާސް ހުޅުވުން:

ބީލަން ކަރުދާސް ހުޅުވުން އޮންނާނީ 2015 މޭ 12 ވާ ދުވަހުގެ ހެނދުނު އެގާރަ ގަޑި ސުންމިނެޓް (11:00) ގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކގެ ހެޑްއޮފީހުގެ ކޮންފަރެންސްރޫމުގައި ބީލަމުގައި ބައިވެރިވެލެއްވި ބޭފުޅުންގެ ހާޒިރުގައެވެ.

ސްޓޭޓް ޓްރޭޑިނގް އޯގަނައިޒޭޝަން ޕލކ.

އެޑްރެސް:      ބޮޑުތަކުރުފާނުމަގު، މާފަންނު، މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު:   402 44 33 960+ / 333 44 33 960+  

ފެކްސް:       402 44 33 960+

ކޮންޓެކްޓް ކުރަންޖެހޭ ފަރާތް: އައިމިނަތު ވަޙީދާ    

އީމެއިލް: [email protected]

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މަތީގައި ދެންނެވިފައިވާ އެޑްރެހާ ގުޅުއްވުން އެދެމެވެ.

ނޯޓް: މަތީގައި ދެންނެވިފައިވާ ގަޑިތަކަކީ ދިވެހިރާއްޖޭގެ ގަޑި ( GMT+5:00 )

09 އޭޕްރިލް 2015
ހޯދާ