މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤާނޫނީ މަސައްކަތްކޮށްދިނުމާއި ޤާނޫނީ ލަފާދޭނެ ފަރާތެއް ހޯދުމަށް

ޤާނޫނީ މަސައްކަތްކޮށް ދިނުމާއި ޤާނޫނީ ލަފާދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރުން

މި ކައުންސިލުން ބޭނުންވާ ޤާނޫނީ މަސައްކަތްކޮށް ދިނުމަށާއި (ކޯޓުތަކުގައި މި ކައުންސިލްގެ ފަރާތުން ވަކާލާތުކުރުން) ޤާނޫނީ ކަންކަމުގައި ލަފާ ފޯރުކޮށްދިނުމަށްޓަކައި ކޮންޓްރެކްޓް އުސޫލުން 06 (ހައެއް) މަސްދުވަހުގެ މުއްދަތަށް މަސައްކަތްކޮށްދޭނެ ލޯފާމެއް ހޯދަން ބޭނުންވެގެން 2015 މާރިޗު 25 ވަނަ ދުވަހު ކުރެވުނު ނަންބަރު IUL)318-PRO/318/2015/30) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކޮށްފައިނުވާތީ އެ އިޢުލާނު ބާޠިލުކޮށް، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރީމެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގަޑީގައި މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ކައުންސިލްގެ އިދާރާއަށް ދުރުވެދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުން

އަންދާސީހިސާބު ހުށަހެޅުއްވުން

2015 އެޕްރީލް 16 ވާ ބުރާސްފަތި ދުވަހުގެ 11:00

2015 އެޕްރީލް 21 ވާ އަންގާރަ ދުވަހުގެ 14:00

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6600002 ފޯނާ ގުޅުއްވުން އެދެމެވެ.

09 އޭޕްރިލް 2015
ހޯދާ