މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރޮޖެކްޓް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

  • މަޤާމު:              ޕްރޮޖެކްޓް އޮފިސަރ
  • މަޤާމުގެ ރޭންކް:         އެމް. އެސް. 1
  • މަޤާމުގެ ކްލެސިފިކޭޝަން:    ޓެކްނިކަލް އޮފިސަރ ގްރޭޑް1
  • އޮފީސް / އިދާރާ:       މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
  • ސެކްޝަން:           އެޓޯލް ޑިވެލޮޕްމަންޓް ސަރވިސް
  • ވަޒީފާ އަދާކުރަންޖެހޭތަން:  މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާ/ ބ. އޭދަފުށި
  • މުސާރަ:             5610.00
  • ސަރވިސް އެލަވަންސް:    2000.00
  • ބޭނުންވާ އަދަދު:        1 (އެކެއް)

 

 

ތަޢުލީމާއި ތަޖުރިބާ

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3- މަޤާމުގެ މަސައްކަތާ ގުޅޭ  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

 

މަޤާމުގެ މަސްއޫލިއްޔަތު

1- ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެދަށުން އަތޮޅު ކައުންސިލަށް ލިބިދީފައިވާ ބާރާއި، މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި އަތޮޅު ކައުންސިލްގެ އިޚްތިޞާޞްގައި ހިމެނޭ ކަންތައްތައް ތަންފީޒުކުރުމަށް އިދާރީ ދާއިރާގެ ފެންވަރުގައި އެކަށައަޅަންޖެހޭ ސިޔާސަތުތައް އެކަށައެޅުމާއި، އެ ސިޔާސަތުތައް ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންކަންކުރުން.

2- އަތޮޅުގައި ގެންގުޅޭ އެއްގަމާއި ކަނޑުގައި ދުއްވާ ތަކެތީގެ ރަޖިސްޓްރީގެ ކަންތައްތަކާއި، މިފަދަ ތަކެތި ގެންގުޅުމާއި ދުއްވުމާ ބެހޭގޮތުން ޢަމަލުކުރުމަށް ހެދިފައިވާ ޤާނޫނުތަކާއި ޤަވާޢިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ކުރަންޖެހޭ އެންމެހައި ކަންތައްތައްކޮށް ބެލެހެއްޓުން.

3- އެއްގަމާއި ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމަށް ބޭނުންވާ ފަރާތްތަކަށް ލައިސަންސް ދޫކުރުމަށް ބާއްވާ ލިޔުމުގެ އިމްތިޙާނާއި، ޢަމަލީ އިމްތިޙާނު ބޭއްވުމަށްފަހު، އިމްތިޙާނުން ފާސްވާ ފަރާތްތަކަށް ލައިސަންސް ދޫކޮށް، އެކަމުގެ ރެކޯޑްތައް ބެލެހެއްޓުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

1- ލިބިފައިވާ ތަޢުލީމާއި ތަމްރީން

2- ލިބިފައިވާ މަސައްކަތު ތަޖުރިބާ (މަސައްކަތް ކުރިކަމުގެ ލިޔުން ހުށަހެޅުން)

3- މަސައްކަތްކުރުމުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމާއި، ބޭނުންވާ ސިފަތައް.

އިންޓަވިއުއާއި  ޕްރެސެންޓޭޝަން އޮންނާނެ ތަނާއި މުއްދަތު

13 އެޕްރީލް 2015 އާއި 21 އެޕްރީލް 2015 އާ ދެމެދު، އަތޮޅު ކައުންސިލްގެ އިދާރާގައި.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2015 އެޕްރީލް 12 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން، މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާއަށް. އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށްވެސް ލިއުންތައް ހުށަހެޅޭނެއެވެ.

އުޖޫރައާއި ޢިނާޔަތްތައް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން، އިތުރުގަޑީގެ ފައިސާއާއި، ރަމަޟާންމަހުގެ ޢިނާޔަތުގެ ފައިސާއާއި، އެހެނިހެން ޢިނާޔަތްތައް ލިބޭނެއެވެ.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

 

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ފޯމު ޑައުންލޯޑް ކުރެވޭނެއެވެ.)

2- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

3- ސަރުކާރަށް ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފަކު މި ވަޒީފާއަށް ހޮވިއްޖެނަމަ ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

4- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.

5- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

6- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއިއެކު)

7- ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންނަމަ، މަސައްކަތްކުރާ އިދާރާއަކުން ދޫކުރާ       "މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީއާއި، މަސައްކަތުގެ އަޚްލާޤް ހުރިގޮތް  ބަޔާންކުރާ ފޯމު"

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6608300 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6608301 އެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.             

12 ޖުމާދަލްއާޚިރާ 1436

01 އޭޕްރިލް 2015
ހޯދާ